ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޑީއޭއަށް އާ ސީއީއޯއަކު ހޯދަނީ، މުސާރައަކީ 52،000ރ.

ނެޝަނަލް ޑްރަގް އެޖެންސީގެ ނަން ބޯޑު
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އެންޑީއޭއަށް އާ ސީއީއޯއަކު ހޯދަން އިއުލާނުކޮށްފިއެވެ.

އެންޑީއޭއަށް ސީއީއޯއަށް ހޯދަން އިއްޔެ އިއުލާނުކޮށްފައިވާއިރު، އެ މަގާމަށް ހޯދާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9، 8 ނުވަތަ 7 ގެ ސަނަދެއް ހާސިލްކުރުން ހިމެނެއެވެ.

ލެވެލް 9ގެ ސަނަދެއް އޮތްނަމަ ދެ އަހަރު ދުވަހުގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގެ ތަޖުރިބާއިން ފުދެއެވެ. ލެވެލް 8ގެ ސަނަދެއް އޮތްނަމަ އެ ދާއިރާތަކުން 7 އަހަރުގެ ތަޖުރިބާ އަދި ލެވެލް 7ގެ ސަނަދެއް ނަމަ 10 އަަހަރުގެ ތަޖުރިބާ ބޭނުންވެއެވެ.

އެ އިއުލާނުގައިވާ ގޮތުން ސީއީއޯއަށް މަހު މުސާރައިގެ ގޮތުގައި 23،935 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 28،095 ރުފިޔާއާއެކު ޖުމްލަ 52،030 ރުފިޔާ ލިބޭނެއެވެ.

އިއުލާނުގައިވާ ގޮތުން، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓުކުރެވޭނެއެވެ.

މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 8 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން recruitment@nda.gov.mv އަށެވެ.

މީގެ ކުރިން އެންޑީއޭއަށް ސީއީއޯއިން އައްޔަންކުރަނީ ތިން އަހަރު ދުވަހުގެ މުއްދަތަށެވެ، ނަމަވެސް، މިދިޔަ މެއި މަހު އެ އެޖެންސީގެ ބޯޑުގެ ހިންގާ ގަވައިދު ބަދަލުކޮށް، އެ މަގާމުގެ ދައުރު ވަނީ ފަސް އަހަރަށް ބަދަލުކޮށްފައެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވީ ވަގުތީ ގޮތުން އެ މަގާމަށް 2024 ވަނަ އަހަރުގެ ޖުލައި މަހު އައްޔަންކުރި މުހައްމަދު ރާޝިދެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވީ އިމާދު ސޯލިހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: