ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސަރަހައްދުން ފެނުނު ހިމަބިހީގެ ކޭސްތަކުގެ އަދަދު 15 އަށް

ހިމަބިހި ޖެހިފައިވާ ކުއްޖެއް - ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުން ހިމަބިހީގެ (މީސަލްސް) ޖުމްލަ 15 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ހިމަބިހި (މީސަލްސް) ކޭސްތަކުގެ އަދާހަމަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ހާމަކޮށްފިއެވެ. މިގޮތުން، ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 4 ކޭސް މާލެ ސަރަޙައްދުން ފެނިފައިވާކަމަށް އެޗްޕީއޭއިން އާއްމުކުރި މައުލޫމާތުގައި ހާމަކޮށްފައިވެއެވެ.

އެޗްޕީއޭ އިން ވަނީ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާތީ އާންމުން އެކަމަށް ސަމާލުވުމަށް ގޮވާލާފައެވެ.

އެޗްޕީއޭ އިން ވަނީ ބަލީގެ އަލާމާތްތައް ފެންނަ މީހުން ފަރުވާ ހޯދުމަށް ދާއިރު މާސްކު އެޅުމަށާއި، ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް އެދިފައެވެ. މީގެ އިތުރުން، ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ހަދާފައިވާ ފަރާތްތަކުން، ޓެސްޓުގެ ނަތީޖާ ލިބެންދެން އެހެން މީހުންނާ ވަކިން އެކަހެރިވެ ތިބުމަށްވެސް ވަނީ އަންގާފައެވެ.

ބަލީގެ އަލާމާތްތައް ހުންނަ މީހުން އާންމު އެއްވުންތަކަށާއި، ވަޒީފާއަށް ނުވަތަ ސްކޫލް ފަދަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަކީ ބަލި ކޮންޓްރޯލްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. އަދި ބައްޔާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށް ރަސްމީ އިދާރާތަކުން، ހާއްސަކޮށް އެޗްޕީއޭ އިން ނެރޭ ބަޔާންތަކަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، އަރިދަފުސް ފޭބުމާއި، ލޯ ރަތްވުމުގެ އިތުރުން ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. ވެކްސިން ޖަހައިގެން މި ބަލިން ރައްކާތެރިވެވުނު ކަމުގައި ވިޔަސް، ބަލިޖެހުމުން ނިއުމޯނިއާ ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ.

އެޗްޕީއޭ އިން އަންނަނީ ބަލިޖެހުނު މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަނެ، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހިމަބިހިން ރައްކާތެރިވުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ވެކްސިން ފުރިހަމަކުރުން ކަމަށް ތަކުރާރުކޮށް އެޗްޕީއޭ އިން އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: