ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޔާވި ފުލުސް މީހާގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

ފޮޓޯ މޯލްޑިވްސް ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. އަތޮޅުގައި ފުލުހުން ހިންގި ހާއްސަ ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ނިޔާވި ފުލުސް މީހާ، ރަސްމީ އިއްޒަތުގައި މިއަދު ވަޅުލައިފިއެވެ.

ބުދަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 33 އަހަރުގެ އާސިފެވެ. އޭނާއަކީ މި އޮޕަރޭޝަންގައި ބައިވެރިވުމަށް މާލެއިން ދިޔަ ޓީމުގައި ހިމެނޭ ”ޕޮލިސް ލޯންޗް 57“ ގައި މަސައްކަތް ކުރި ފުލުހެކެވެ. އާސިފް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މޫދު އަޑިންނެވެ. އޭނާ މޫދު އަޑިން ނަގައިގެން އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ.

އާސިފްގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، މޫނު ދެއްކުމާއި ކަށުނަމާދު ކުރިއަށް ދިޔައީ އިސްލާމީ މަރުކަޒުގައެވެ. އާސިފްގެ މޫނު ދެއްކުން ކުރިއަށް ދިޔަ ވަގުތު ކޮމިޝަނަރު އޮފް ޕޮލިސް އާއި ފުލުހުންގެ އިސްވެރިން ވަނީ އޭނާގެ ހަށިގަނޑު ކައިރީގައި މަޑުކޮށްލައި، އާއިލާއަށް ތައުޒިޔާ ރައްދުކޮށްފައެވެ. ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު ރައްޔިތުން ބައިވެރިވި މި ޖަނާޒާއަށްފަހު، އޭނާ ވަޅުލާފައިވަނީ ރަސްމީ އިއްޒަތުގައި އާސަހަރާގައެވެ.

މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އާސިފް އަދާކުރި އިހުލާސްތެރި ދައުރާއި، އޭނާ ދެއްކި ނަމޫނާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފުލުހުންގެ މުއައްސަސާއިން ވަނީ އޭނާގެ މަގާމުގެ ދަރަޖަ މަތިކޮށް ”ސަބް އިންސްޕެކްޓާ އޮފް ޕޮލިސް“ ގެ ރޭންކު އިއްޔެ އަރުވާފައެވެ. އެއީ އޭނާ ކުރި މަތިވެރި ޚިދުމަތުގެ ޝަރަފެއްގެ ގޮތުން ދިން ކުރިއެރުމެކެވެ.

އާސިފް ނިޔާވިއިރު އޭނާގެ އަންބަކާއި ފިރިހެން ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ. މި ހިތާމަވެރި ދަނޑިވަޅުގައި މުޅި ފުލުހުންގެ މުއައްސަސާއިން ދަނީ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: