ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 14 މީހަކު ބައްޔަށް ޕޮޒިޓިވް: ރައީސް ސޯލިހްގެ އެންމެ ބޮޑު އެދުމަކީ ރައްޔިތުން ގޭގައި ތިއްބެވުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމާއި މުހާތަބުކޮށް ވާހަކަފުޅު ދެއްކެވުން : ދަރުބާރުގޭގައި ހުންނަ އެންއީއޯސީއަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އިތުރު 14 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 541 އަށް އަރައިފި އެވެ.

ބައްޔަށް ޝައްކު ކުރެވި، ޓެސްޓު ހެދި މީހުންގެ ތެރެއިން 14 މީހަކަށް ބަލި ޖެހިފައިވާކަން ހާމަ ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 541 އަށް އަރާފައިވާ ކަމަށެވެ. ގައުމާއި މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ، މި ބަލިމަޑުކަމުން އަރައިގަތުމަށް އެންމެން އެކީ މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

މިހާތަނަށް ޕޮޒިޓިވެވެފައިވަނީ 185 ދިވެހިންނާއި 356 ބިދޭސީންނެވެ. އަދި މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 523 މީހުންގެ ތެރެއިން މަދު މީހެއް ފިޔަވައި، އެންމެންގެ ހާލު ރަނގަޅު ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތު، ގޯސްވިޔަ ނުދިމުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވަނީ މިވަގުތު ކުރެވޭ އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ ރަށްތަކާއި ހަމައަށް މި ބަލި ދިޔަ ނުދިއުންކަން ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަދި ބޭސްފަރުވާއަށް ބޭނުންވާ ބޭސްތައް އަދި އެހެން ވަސީލަތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. އަދި މިކަމުގައި އެހެން ގައުމުތަކުގެ އެހީތެރިކަން ލިބެމުންދާ ކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިކަމުގެ ސަބަބުން އާއްމު ދިރިއުޅުމަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ. ނަމަވެސް، މިއަދު ދިވެހި ރާއްޖެއަށް ވެސް އޮތީ ކެތްތެރިކަމާއި އެކު ބަލިން އަރައިގަތުމަށް މަސައްކަތް ކުރުން ކަމަށެވެ. ސިއްހީ ދާއިރާގެ ބޭފުޅުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ މި ހާލަތުން އަރައިގަނެ ރައްޔިތުންގެ ފުރާނަތައް ސަލާމަތް ކުރުމަށް ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތު، އާއްމު ހާލަތަކަށް ގެނައުމާއި ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އަލުން ފަށައިގަނެ ދިރިއުޅުން އާއްމު ހާލަތަކަށް ގެންދަން ޖެހޭ ކަމަށެވެ.

“ކޯވިޑް-19އާ ދެކޮޅަށް، ޤައުމުތަކުން މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު، މި ބަލިން އަރައިގަތުމަށް 2 މަހަށް ވުރެ ގިނަ ދުވަސް ނަގާ. މި އުނދަގޫ ޙާލަތުން މިންޖުވުމަށްޓަކައި، ވީއެންމެ އަވަހަކަށް ކޮންޓްރޯލްކުރެވޭތޯ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ.” ރައީސް ސޯލިހް

މި ބައްޔާއި ދެކޮޅަށް ދުނިޔޭގެ އެތައް ގައުމުތަކުން ހަނގުރާމަކުރަމުން އަންނައިރު، އެ ގައުމުތަކުގެ ހާލަތަށް އަދި ތަޖުރިބާއަސް ބަލާ ކޮރޯނާ ވައިރަހުގެ އަސަރުން އަރައިގަތުމަށް ދެ މަހެއްހާ ދުވަސް ނަގާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ސިއްހީ ހިދުމަތްތެރިން އަވަދިނެތި މަސައްކަތް ކުރަމުން ގެންދަވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން، ރައްޔިތުންނަށް ބޭނުންވާ ތަކަތި އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުޅި ރާއްޖެ ލޮކްޑައުންގެ ހާލަތަކަށް ގެނައި ނަމަވެސް، ދައުލަތެއްގެ ގޮތުގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފުރިހަމަ ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހް ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: