ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަސަން ލަތީފް ހުށަހެޅުއްވީ ޤާނޫނު އަސާސީއާއި ޚިލާފު ބިލެއް: ރޮޒައިނާ

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދައްމަވާލެވޭ ގޮތަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅުކަން ޤަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ގާނޫނުއަސާސީ އިސްލާހު ނުކުރަން ވެގެން މަޖިލީހުން ކަނޑައެޅިގެން ގާނޫނުއަސާސީއާ ދެކޮޅު ހެދުމެއް ނޫން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތިޚާބީ މަގާމެއްގެ ދައުރު ގާނޫނުއަސާސީ އިސްލާހު ނުކޮށް، ގާނޫނަކުން އިތުރު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ދައުރެއްގެ މުއްދަތު ސިމްޕަލް މެޖޯރިޓީން ފާސްކުރާ ގާނޫނަކުން ބަދަލު ކުރުމަކީ ނަތީޖާ ގޯސް ވާނެ ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

“މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅުކަން ޤަބޫލުކުރަން، އެކަމަކު ގާނޫނުއަސާސީ އިސްލާހު ނުކުރަން ވެގެން، އޭގެ މާނައެއް ނޫން، މި މަޖިލީހުން ކަނޑައެޅިގެން ގާނޫނުއަސާސީއާ ދެކޮޅު ހެދުމަކީ” ރޮޒައިނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ދިގުދެމިގެންދާނެ މުއްދަތެއް އަދި ޔަގީން ނުވާ ކަމަށެވެ. އަދި އެތައް އަހަރަކަށް މި މުއްދަތު ދިގުލައިގެން ހިނގައްޖެ ނަމަ ދެން ކަންތައް ކުރާނެ ގޮތަކާއިމެދު ރޮޒައިނާ ދުވާލު އުފެއްދެވިއެވެ.

ހަސަން ލަތީފްގެ ބިލަކީ ޚިޔާލު ތަފާތުވުންތައް ގިނަ ބިލެކެވެ. ނަމަވެސް އެ ބިލް މަޖިލީހަށް ބަލައިގަތުމަށް މިއަދު ވަނީ ފާސްކޮށްފަ އެވެ. ބިލް ބަލައިގަންނަން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑަައިގެންނެވި 69 މެމްބަރުންގެ ތެރެއިން 53 މެމްބަރުންގެ ވޯޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: