ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނައުމަށް މިނިސްޓަރު ޝާހިދު ގޮވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން، ނަން-އެލައިންޑް މޫވްމަންޓް(ނާމް)މެމްބަރުންގެ ގޮތުގައި ތިބި ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް، ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނައުމަށް، އެ ޖަމާޢަތުގެ މެމްބަރު ޤައުމުތަކަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ނާމްގެ ކޮވިޑް-19 ރެސްޕޮންސް ކޮންޓެކްޓް ގްރޫޕްގެ ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. 

“ޔުނައިޓެޑް އެގެއިންސްޓް ކޮވިޑް-19” މި ޝިއާރުގެ ދަށުން ބޭއްވުނު ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ދިވެހިރާއްޖެ ތަމްސީލްކުރައްވާފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ފަރާތްޕުޅުންނެވެ. 

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އިއްވެވި ބަޔާނުގައި ކޮވިޑް-19އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ މަޢުލޫމާތު މެމްބަރު ޤައުމުތަކާއި ހިއްސާ ކުރެއްވިއެވެ.  

މި ބަޔާނުގައި މިނިސްޓަރު ޝާހިދު ވަނީ، ވައިރަހުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅުދައްކަވާފައެވެ.

ޝާހިދު ވިދާޅުވީ، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ، މައިގަނޑު އެއް ސިނާޢަތަކަށް އިޤުތިޞާދު ބަރޯސާވެފައިވާ ޤައުމުތަކެއްކަމަށެވެ. މި ގޮތުން، ބޭރުން އަންނަ ލޮޅުންތަކުގެ އަސަރު އިޤުތިޞާދަށް ވަރަށް ބޮޑަށް ކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހުއްޓުމެއް އައުމާއި ގުޅިގެން ރާއްޖެއަށް މި އަހަރު ލިބޭ އާމްދަނީ ވަރަށް ބޮޑަށް  ދަށަށް ދާނެކަމަށެވެ. 

މީގެ އިތުރުން ޝާހިދު ވަނީ، މި ދަނޑިވަޅުގައި ޤައުމުތަކުގެ ބޭރުގެ ދަރަނިތައް އަދާކުރުން މަޑުޖައްސައިލުން މުހިންމުކަން ފާހަގަކުރައްވާފައެވެ. 

ހަމައެއާއެކު މެމްބަރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ޤައުމުތަކަށް ބޭނުންވާ އެހީ ހޯދުމުގެ ގޮތުންނާއި، ބޮޑެތި ޤައުމުތަކުގެ ފަރާތުން ބޭނުންވާ ދުރުރާސްތާ އެހީ ހޯދުމުގައި ނާމްއިން އިސްދައުރެއް އަދާކުރާނެކަމަށް ކުދި ޤައުމުތަކުން ޤަބޫލުކުރާކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޝާހިދުވަނީ، މި ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާ ވާހަކަފުޅުދައްކަވާފައެވެ.

މި ގޮތުން ޝާހިދު ވަނީ، ރާއްޖޭގެ ތަރައްޤީގެ ބައިވެރިންގެ ފަރާތުންނާއި، ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުން، ފޯރުކޮށްދެމުންދާ އެހީތެރިކަމަށް  ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި ވަނީ، ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ނާމްގެ ޓާސްކްފޯސް އެއްވެސް އެކުލަވައިލާފައެވެ.

މި ޓާސްކު ފޯސްގެ ބެލުމުގެ ދަށުން، މެމްބަރު ޤައުމުތަކަށް މި ދަނޑިވަޅުގައި ބޭނުންވާ އަސާސީ ތަކެއްޗާއި ބޭހުގެ ބާވަތްތައް، ޓާސްކްފޯސްއާއި ހިއްސާކުރުމުން، އެ ތަކެތި ހޯދައިދިނުމަށް މަސައްކަތްކުރާނެއެވެ.

ޓާސްކްފޯހުން އެހީދޭ ޤައުމުތަކާ، ބައިނަލްއަޤްވާމީ ޖަމްއިއްޔާތައް އަދި ހެޔޮއެދޭ އަމިއްލަ ފަރާތްތައް މެދުވެރިކޮށް މި އެހީތައް ހޯދުމަށް މަސައްކަތްކުރާނެއެވެ.

މީގެ އިތުރުން، ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުން އަންނަ  މަސައްކަތްތައް ލީޑްކުރުމުގައި ޑަބްލިޔު.އެޗް.އޯ އިން ކުރަމުންދާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެކަމަށާއި، މި ވައިރަހުން އަރައިގަނެވޭނީ ގުޅިގެން މަސައްކަތްކޮށްގެންކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.  

މިއަދުގެ ބައްދަލުވުމުގައި، މެމްބަރު ޤައުމުތަކާ، އޮބްޒާވަރ ސްޓޭޓްތަކުގެ ރައީސުންނާއި، ބޮޑުވަޒީރުންނާއި، ޚާރިޖީ ވަޒީރުންގެ އިތުރުން އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

މި ގޮތުން ކުރެވުނު މަޝްވަރާގައި، ކޮވިޑް-19ގެ ސަބަބުން ސިއްހީދާއިރާއަށާއި، އިޤުތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މަލްޓިލޭޓަރިޒަމްގެ އުޞޫލުތައް ކުރިއެރުވުމަށް ވެސް މަޝްވަރާކުރެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: