ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނު އަސާސީ އިސްލާހުނުކޮށް ކައުންސިލަރުން މަޤާމުތަކުގައި ތިބުން ޤާނޫނު އަސާސީއާއި ޚިލާފު: މުހުތާޒު މުހުސިން

ކުރީގެ ޕީޖީ މުހުތާޒު މުހުސިން. ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނު އަސާސީ އިސްލާހުނުކޮށް މިހާރު ތިއްބެވި ކައުންސިލަރުން މަޤާމުތަކުގައި ބޭތިއްބުމަކީ، ޤާނޫނު އަސާސީއާއި ޚިލާފުކަމެއްކަމަށް ކުރީގެ ޕީޖީ މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު މުހުސިން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޤާނޫނު އަސާސީ އިސްލާހުނުކޮށް މިހާރު ތިއްބެވި ކައުންސިލަރުން މަޤާމުތަކުގައި ބޭތިއްބުމާއި ބެހޭގޮތުން ޚިޔާލުފާޅުކުރައްވާފައެވެ.

މި ގޮތުން މުހުތާޒު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެންދެން، ސިވިލް މުވައްޒަފުން ރަށްރަށުގެ އިދާރީ ކަންކަން ކުރައްވަން އިންތިޒާމު ކުރެވިދާނެކަމަށެވެ.

މީގެ އިތުރުން މުހުތާޒު ވިދާޅުވީ، ސިވިލް މުވައްޒަފުން ރަށްރަށުގެ އިދާރީ ކަންކަން ކުރައްވަން ހަމަޖެއްސުމަށްފަހު، ޤާނޫނު އަސާސީގެ 142 ވަނަ މާއްދާ އެކްޓިވޭޓްކުރުމަކީ ބުއްދިވެރިކަމެއް ކަމަށާއި، އޭރުން ޚަރަދުކުޑަވެފައި އިފެކްޓިވްވާނެކަމަށެވެ.

މުހުތާޒު މިހެން ވިދާޅުވެފައިވާއިރު، ހޯމަ ދުވަހުގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ، “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ބިލު 2020” ބަލައިގެންފައެވެ.

ރައްޔިތުން މަޖިލީހުގެ ހޯމަދުވަހުގެ ޖަލްސާގައި، މި ބިލް ބަލައިގަތުމަށް 53 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ. ނަމަވެސް 6 މެންބަރަކު ބިލާއި ދެކޮޅަށް ވޯޓުދެއްވާފައިވާއިރު، ވަކި ގޮތެއް އިޚުތިޔާރުނުކުރައްވާ 1 މެންބަރަކު އިންނެވިއެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމާއެކު، ބިލު އިތުރަށް ދިރާސާކުރުމުށްޓަކައި، މިހާރު ވަނީ ލާމަރުކަޒީ ކޮމެޓީއަށްވަނީ ފޮނުވާފައެވެ.

 މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ، ޤާނޫނު އަސާސީއަށް ބަދަލު ގެނެސްގެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުކުރުމާއި ބެހޭގޮތުން މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވަނިކޮށެވެ.

މީގެ އިތުރުން، މި ފަދަ ހާލަތެއްގައި ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުކުރެވޭނެކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ލަފާ ދެއްވާފައިވަނިކޮށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: