ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެނެހިޔާގައި ޓެލެކޮންސިއުލޭޝަންގެ ޚިދުމަތް ފަށައިފި

ސެނެހިޔާ ހޮސްޕިޓަލް. ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އަސްކަރީ ހޮސްޕިޓަލް ސެނެހިޔާގައި ޓެލެކޮންސިއުލޭޝަންގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ. 

މި ކަން ހާމަކޮށް އެމްއެންޑީއެފުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ސެނެހިޔާގައި މިހާރު ޓެލެކޮންސިއުލޭޝަންގެ ޚިދުމަތް ހަމަޖެހިފައިވާކަމަށެވެ. 

މި ގޮތުން ބަލިމީހުން ބެއްލެވުމަށް ފަސް ޑޮކްޓަރުން ތިއްބަވާނެކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

އޭގެތެރޭގައި ކަށީގެ ޚާއްސަ ޑޮކްޓަރު ޢަލީ މަފާޒް ރަޝީދާއި، ކަރުންމަތީގެ ޑޮކްޓަރު ޠޫޙާ ސަޢީދުއާއި، ކުޑަކުދިންގެ ޑޮކްޓަރު ޝިފްލާ ޢަބްދުއްލަޠީފް ވެސް ބަލި މީހުން ބައްލަވާގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން، އޮޕަރޭޝަން 2 ޑޮކްޓަރުން ކަމުގައިވާ ޑރ.މުޙައްމަދު އަޝްރަފާއި، ޑރ. މައުމޫން އާޞިމް ވެސް ބަލިމީހުންނަށް ޚިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

 

 

 

https://twitter.com/MNDF_Official/status/1257369128878342144?s=19https://twitter.com/MNDF_Official/status/1257369530596237314?s=19

އެމްއެންޑީއެފުން ބުނީ، ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކުވެސް، ޓެލެކޮންސިއުލޭޝަންގެ ޚިދުމަތް ފޯރުކޮށްދެމުން ދާނެކަމަށެވެ.

އަދި ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުންގެ އެޕޮއިންޓްމަންޓް ހެދުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ، 7969897 މި ނަންބަރު މެދުވެރިކޮށްކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ. 

އެމްއެންޑީއެފުން ހާމަކުރިގޮތުގައި ސެނެހިޔަ އިން ފޯރުކޮށްދޭ ހުރިހައި ޚިދުމަތްތަކެއް ވެސް ވަނީ، އާންމުނަށް ހުޅުވާލާފައެވެ. 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: