ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއިން ޕޮޒިޓިވްވި މީހާ އަލުން ޓެސްޓްކުރިއިރު ނެގެޓިވް!

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ އީކުއޭޓާ ހޮސްޕިޓަލުން ރޭ ފަތިހު މާލެ ގެނައި ބަލި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވިނަމަވެސް، އަލުން ޓެސްޓްކުރިއިރު އޭނާގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ. 

އައްޑޫ ސިޓީ ކައުންސިލްގެ ރައީސް އަބްދުﷲ ސޯދިގު (ސޯބެ)ވަނީ މިކަން ސަންގަށް ކަށަވަރުކޮށްދީފައެވެ.

މޭޔަރު ވިދާޅުވީ، ދެވަނަ އަށްކުރި ޓެސްޓް ނެގެޓީވް ވުމުން ތިން ވަނަ ޓެސްޓެއް ހެދުމަށް މިހާރު ތައްޔާރުވަމުން އަންނަކަމަށެވެ. 

އެޗްޕީއޭއިން ދެންމެ ކުރި ޓުވީޓެއްގައިވަނީ އައްޑޫއިން ގެނައި މީހާ ނެގެޓީވްވިކަމަށް ނިންމާފައެވެ. ނަމަވެސް އެއީ ތިން ވަނަ ފަހަރަށް ޓެސްޓު ހެދުމަށްފަހުކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.

އެހެންކަމުން އައްޑޫއިން ބައްޔަށް ޝައްކުވި މީހާ އާއިމެދު ގޮތެއް ނިންމާނީ ތިން ވަނަ ޓެސްޓަށްފަހުކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫއިން އޭނާ މާލެ ގެނެސްފައިވަނީ އެއްވެސް ގޮތަކަށް ބައްޔަށް ޝައްކު ކުރެވިގެން ނޫން ކަމަށް މީގެކުރިންވެސް ވަނީ މައުލޫމާތުލިބިފައެވެ. އެއީ އޭނާގެ ކިބައިން ބައްޔަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް ނެތުމުގެ ސަބަބުންނެވެ.

އައްޑޫ އެ މީހާ ރަށަށް ގޮސްފައިވަނީ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ ރިސޯޓެއްގައި ވަޒީފާ އަދާ ކުރަމުން އައި މީހެކެވެ. ފުރަތަމަ ޓެސްޓުން އޭނާ ޕޮޒިޓިވް ވުމުން މިހާރު ވަނީ އޭނާގެ ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން 26 މީހަކާއި އޭނާއާއި ޑައިރެކްޓްވެގެން ގޭގައި ތިބުމަށް އައްޑޫ ސިޓީ ކައުންސިލުން އެންގިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: