ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢިޤްޞާދަށް ލިބިފައިވާ ގެއްލުމުން އަރައިގަންނަން ވަގުތު ނަގާނެ: ވިސާމް

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ އަޑިގަނޑުން އަރައިގަންނަން ދުވަސް ނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ މަރިޔަމް ވިސާމް ވިދާޅުވެއްޖެ އެވެ.

އޮޑިޓް އޮފީހުން ބޭއްވި ހާއްސަ ވީޑިއޯ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އަޑިއަޅާލައިފައިވާ އިރު، އެކަމުން އަރައިގަނެ އެ ކަންކަން ފޫބައްދަން ދުވަސް ނަގާނެ ކަމަށެވެ.

ވިސާމް ވިދާޅުވީ މި ދަތިތަކުން އަރައިގަނެވޭނީ މިހާރުގެ ހާލަތު އެންމެ ފުރިހަމަ އަށް ދެނެގަނެވިގެން ކަމަށާއި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމަށްޓަކައި ބައެއް ދާއިރާތަކަށް ބޮޑެތި ބަދަލުތަކެއްވެސް ގެންނަން ޖެހޭ ކަމަށެވެ.

މިސާލެއްގެ ގޮތުން ކޮންސްޓްރަކްޝަން ދާއިރާއަށް އަލިއަޅުވާއްލަވަމުން ވިސާމް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އިމާރާތް ކުރުމުގެ ދާއިރާ އޮތީ ވަރަށް ބޮޑަށް ލޭބަރުންނަށް ބަރޯސާވެފައި ކަމަށެވެ.

ވިސާމް ވިދާޅުވީ މި ވަގުތަކީ، ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި މެޝިނަރީތައް މިހާރަށް ވުރެ އިތުރަށް ބޭނުންކޮށް، ލޭބަރުން ގެންގުޅޭ ވަރު މަދުކުރަން ޖެހޭ ވަގުތު ކަމަށެވެ.

މީގެ އިތުރުން ހޯމްބޭސްޑް ވޯކަރުންނާއި ވަޒީފާ ގެއްލިފައިވާ މީހުންނަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްތައް މި ވަގުތު ކުރަމުން އަންނަ ކަމަށް ވިސާމް ވިދާޅުވި އެވެ. އަދި ވަޒީފާތަކުގައި މިހާރު ތިބި މީހުން، ވަޒީފާ އިން ވަކި ނުވެ، ވަޒީފާތަކުގައި ބޭތިއްބުމަކީ އިގްތިސާދު ރިކަވަރީ ކުރަން ވަރަށް މުހިއްމު ކަމެއް ކަމަށް ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ ދިވެހިންގެ ހުނަރު އިތުރު ކޮންގެން ނަމަވެސް ވަޒީފާގެ ބާޒާރަށް ނެރެގެން ނޫނީ ކުރިއަށް މި އޮތް އަހަރެއްގެ ތެރޭގައި ގައުމު ކޮޅަށް ޖަހަން ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

ވިސާމް ވިދާޅުވި ގޮތުގައި މި ހާލަތުގައި ވިޔަފާރިތައް ރީސްޓްރަކްޗާ ކުރުމުގައި މިހާރު ވަޒީފާތަކުގައި ތިބި މީހުން ބޭތިއްބުމަކީ އިސްކަން ދިނުން މުހިއްމު ކަމެކެވެ.

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ރިލީފް ފަންޑެއް އިއުލާނުކޮށްފަ އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: