ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނަދޫން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެންމީހާއާ ކޮންޓެކްޓްވި، އެ ރަށުގެ އިތުރު ނުވަ މީހަކު އެ ޕޮޒިޓިވްވިކަން އެޗްޕީއޭ އިން މަނަދޫ ކައުންސިލަށް އަންގައިފިއެވެ.

މަނަދޫން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވީ ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، މި މަހުގެ އެއްވަނަ ދުވަހު މާލެ ގެނައި މެދު އުމުރުގެ އަންހެނެކެވެ.

އައިޖީއެމްއެޗުން އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން އެ އަންހެން ކޮވިޑަށް ޓެސްޓު ކުރުމުން ފުރަތަމަ ނަތީޖާ ޕޮޒިޓިވްވިއެވެ. ނަމަވެސް ދެ ވަނަ ޓެސްޓް ނަތީޖާ ނެގެޓިވްވުމުން ތިންވަނަ ޓެސްޓެއްވެސް ހެދިއެވެ. އެ ޓެސްޓުގެ ނަތީޖާ ދެއްކީ ޕޮޒިޓިވް ކަމަށެވެ.

މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު އޮންލައިން ނޫސް “މިހާރު” އަށް ވިދާޅުވީ، އެ އަންހެންމީހާއާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ޓެސްޓް ކުރި ނުވަ މީހަކު ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭ އިން ހުކުރު ދުވަހު އަންގާފައިވާ ކަމަށެވެ. ޕޮޒިޓިވްވި ނުވަ މީހުންވެސް އަދި ތިބީ މަނަދޫގައެވެ.

ކައުންސިލުގެ ރައީސް ވިދާޅުވެފައިވަނ ޕޮޒިޓިވްވި މީހުންނަކީ ހޯމް އައިސޮލޭޝަންގައި ތިބި ބައެއް ކަމަށާއި ވަކިވަކި މީހުންގެ ތަފްސީލު ކައުންސިލަށް ލިބިފައިނުވާ ކަމަށެވެ.

މަނަދޫން ފުރަތަމަ އެ ބައްޔަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުން ވަނީ 15 ސިއްހީ އެހީތެރިއަކު އައިސޮލޭޓްކޮށްފަ އެވެ. ނަމަވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިއްޙީ އެހީތެރިއަކު ހިމެނޭކަން އެނގިފައެއް ނުވެއެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނަދޫ އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ. އެހެންވެ، އެ ރަށަށް އަރައި ފޭބުމާއި ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ނުކުތުމަކީ މަނާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: