ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ފޮޓޯ:އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުޑައިރުކޮޅެއް ކުރިން ޢާންމުކޮށްފައިވާ އިޢުލާނެއްގައި ބުނީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކުރުމާ ގުޅިގެން، ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން، ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށެވެ.

މާލޭ ސިޓީގައި އިޢުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާނީ، މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށެވެ.

އެހެންކަމުން އިކޮނޮމިކް މިނިސްޓްރީގެ މި އުސޫލު އެ ދުވަހުގެ ނިޔަލަށް ދިގުދެމިގެންދާނެއެވެ.

ނަމަވެސް، މި މުއްދަތުގެ ތެރޭގައި މާލެ ޕޯޓުގައި، މުދާ ކްލިއަރކުރުމަށް އެމްޕީއެލްއިން ކަނޑައަޅާފައިވާ ފަރާތްތަކަށް ހުއްދަ ދޫކުރާނެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: