ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިހެބުގައި ތިބި ބަޔަކު ޕޮޒިޓިވްވުމުން ހިންމަފުށި މޮނީޓަރިންގެ ހާލަތަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން އަންނަ ތިން ކްލައިންޓަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ރަށް މޮނީޓަރިންގެ ޙާލަތަށް އެޗްޕީއޭ އިން ގެނެއްސިއެވެ.

ހިންމަފުއްޓަކީ ރިހެބުގެ އިތުރުން އައްސޭރި ޖަލާއި މަސް ފެކްޓަރީތަކާއި ލައިފް ފެން ފެކްޓަރީ ވެސް ހިންގާ ރަށެވެ. މޮނީޓަރީންގެ ހާލަތަށް ގެނައުމުން އެ ރަށަކަށް އަރައިފޭބުން މަނާވާނެއެވެ. 

ރިހެބުގައި ފަރުވާ ހޯދަމުންދިޔަ ތިން މީހުން ޕޮޒިޓިވްވެފައިވާ އެނގުނީ އެތަނުގައި ފަރުވާ ހޯދަމުންދިޔަ 10 މީގެއްގެ ސާމްޕަލް މީގެ ތިން ދުވަސް ކުރިންނަގައި އޭގެ ނަތީޖާ މިއަދު ލިބުމުންނެވެ. އެ 10 މީހުންގެ ތެރެއިން ބާކީ ތިބި 7 މީހުންގެ ސާމްޕަލްތަކުގެ ނަތީޖާއަކީ ކޮބައިކަމެއް އަދި ނޭނގެއެވެ.

ޕޮޒިޓިވްވި ތިން މީހުންނަކީ ވެސް މިދިޔަ މަހުގެ 15 ގައި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ފަރުވާ އަށް އެ ސެންޓަރަށް ގެންގޮސްފައިވާ ބައެކެވެ. އަދި އެ މީހުންނަށް އެ ބަލި ޖެހުނު ގޮތެއް އެނގިފައެއް ނުވެއެވެ.

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަކީ މަސްތުވާތަކެއް ފަރުވާ ހޯދާ ގިނަ ބަޔަކު ތިބޭތަނެކެވެ. އަދި އެތަނުގެ އެކި ވަޒީފާތަކުގައި ހިންމަފުށީގެ ވެސް ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރެއެވެ.

އެގޮތުން ރިހެބުގެ ސެކިއުރިޓީއާ، މެއިންޓަނަސް އަދި އެނޫންވެސް ވަޒީފާތަކުގައި ހިންމަފުށީގެ ގިނަ ބަޔަކު މަސައްކަތްކުރެއެވެ. އެހެންކަމުން ޕޮޒިޓިވްވި މީހުންނާ ރަށުގެ ބައެއް މުވައްޒަފުން ބައްދަލުވެފައި ހުރުމުގެ ފުރުސަތު ބޮޑެވެ.

ޕޮޒިޓިވްވި މީހުންނާ ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ހިންމަފުށިން އެ ރަށު މީހަކު ޓެސްޓް ކޮށްފައެއް ނުވެ އެވެ.

ހިންމަފުށީގެ އިތުރުން ކ. ތުލުސްދޫން ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ރަށް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. މީ ކ. އަތޮޅުން މޮނީޓަރިންގ ހާލަތަށް ގެނެވުނު ދެވަނަ ރަށެވެ.

މާލެ ފިޔަވައި މި ބަލީގެ މީހުން ފެނިފައިވަނީ ހިންމަފުޓާއި ނ. މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: