ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ރައްޔިތުންގެ ތެރެއިން، 588 މީހުން އެނބުރި ޤައުމަށް ފުރައިފި

ފޮޓޯ: އިމިގުރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން، 588 މީހުން އެނބުރި ޤައުމަށް ފުރައިފިއެވެ.

މި ކަން ހާމަކޮށް، އިމިގުރޭޝަނުން ބުނީ، އައިއެންއެސް ޖަލަޝްވާގައި ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން، 588 މީހުން އެނބުރި ޤައުމަށް ފުރާފައިވާކަމަށެވެ.

އޭގެތެރޭގައި، 70 އަންހެނުންނާއި، 21 ކުދިން ހިމެނޭކަމަށް އިންޑިއާގެ ޑީޑީ ނިއުސްއިން ބުނެފައިވެއެވެ.

https://twitter.com/ImmigrationMV/status/1261275018044071937?s=19

އިންޑިއާ ސަރުކާރުން، އެ ޤައުމުގެ ރައްޔިތުން ޤައުމަށް ގެންގޮސްފައިވަނީ، ކޮރޯނާ ވައިރަހާއި ގުޅިގެން، އެ ޤައުމުގެ ސަރުކާރުން ފަށާފައިވާ “ސަމުދުރާ ސެތޫ”ގެ އޮޕަރޭޝަނުގެ ދަށުންނެވެ.

މި އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި، ވައިގެ މަގުން އިންޑިއާ ރައްޔިތުން އެނބުރި ޤައުމަށް ގެންދިއުމަށް އިންޑިއާއިންވަނީ ނިންމާފައެވެ.

މި ގޮތުން ވޭތުވެދިޔަ ހުކުރުދުވަހު އިންޑިއާގެ 750 މީހަކު ގެންގޮސްފައިވެއެވެ.

https://twitter.com/HCIMaldives/status/1261271592518266881?s=19

ކޮރޯނާ ވައިރަހުގެ ސަބަބުން، ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ލޮކޑައުންކުރުމާއި ގުޅިގެން އެތައް ޤައުމެއްގެ މީހުން، އެނބުރި ޤައުމަށްނުދެވި ރާއްޖޭގައި އެބަތިބިއެވެ. މި ގޮތުން، ވަޒީފާއަދާކުރުމަށާއި، އެހެނިހެން ކަންތައްތަކުގައި ރާއްޖޭގައި ޤައުމުގައި ތިބި އިންޑިއާގެ މީހުންގެ އަދަދު 25000 އަށްވުރެ މައްޗަށް އަރައެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު، ރާއްޖެއިން މިހާތަނަށް އެ ޤައުމުގެ 99 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: