ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމް ކަރަންޓީން ފަށަން އުޅޭކަމުގެ އިޝާރާތެއް!

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހާހަކަށް ވުރެ މައްޗަށް ހުކުރު ދުވަހު އަރާފައިވަނިކޮށް ބައްޔަށް ހުށަހެޅޭ މީހުންނަށް ފަރުވާ ދިނުމަށް “ހޯމް ކަރަންޓީން” ފަށަން އުޅޭކަމުގެ އިޝާރާތެއް ކަމާއިބެހޭ އިދާރާތަކުންދީފިއެވެ.

ހުކުރު ދުވަހު އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 1،020 އެވެ. އެންމެ ފަހުން ޕޮޒިޓިވްވި 38 މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެއްސަކާއި ބަންގްލަދޭޝްގެ އަށް މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ.

ކޮވިޑަށް ޕޮޒިޓިވްމީހުން އަދަދު ހާހަކަށްވުރެ މައްޗަށް ގޮސްފައިވަނިކޮށް، ކޮންމެ ދުވަހަކު ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ބަދަލުގައި ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމީ “ހޯމް ކަރަންޓީން” އާއި ގުޅޭގޮތުން އޮންނަ ޚާއްސަ ޕެނަލްޑިސްކަޝަނެކެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ފަރާތުން ބާއްވާ މި ޕެނަލް ޑިސްކަޝަންގައި،ބައިވެރިވެ ވަޑައިގަންނަވަނީ ޑރ. އަހުމަދު ޝަހީދު އާއި ޑރ. ނަޒްލާ މުސްތަފާގެ އިތުރުން ޑރ. މުއާޒް މޫސާއެވެ. މީގެ އިތުރުން ޑރ. ނަޒްލާ ރަފީޤްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ހޯމް ކަރަންޓީނާއި ގުޅޭގޮތުން ޕެނަލް ޑިސްކަޝަނެއް ބާއްވާއިރު، އެންމެ ފަހުން ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީނާ މޫސާ ހެއްދެވި ޕްރޮޖެކްޝަންސްގައި ވަނީ ބަލި ޖެހިފައި ތިބި އެންމެ ގިނަ ބަޔަކު ފެންނާނީ މި މަހުގެ 31 ގައި ކަމަށެވެ. އެ ދުވަހު ޕީކަށް އަރާއިރު 6،000 މީހުންނަށް ބަލި ޖެހިފައި ތިބޭނެ ކަމަށް ލަފާ ކުރައްވާފައިވެއެވެ.

މޭ މަހުގެ ފަހު ދެ ހަފްތާގައި ބޮޑު ސާޖެއް އަންނާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާނީ 77،000 މީހުން ކަމަށް އަންދާޒާކޮށްފައިވެއެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ހާލަތު ބަދަލުވަމުންދާ ގޮތުން ބަޔަށް ޕޮޒިޓިވްވާ މީހުންނާއި އަދި އަލާމާތްތައް ފެންނަ މީހުން ގޭގައި ކަރަންޓީން ކުރަންޖެހިދާނެތީ އެކަމަށް ތައްޔާރުވުމަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި މިނިސްޓަ އޮފް ހެލްތު އަބްދުﷲ އަމީން ވަނީ ގޮވާލައްވާފައެވެ.

އަމީން ވިދާޅުވީ ޕޮޒިޓިވްވެގެން އެކަހެރި ކުރާ ފަރާތްތަކާއި އަދި ކަރަންޓީންކުރާ ފަރާތްތަކާއިމެދު އަމަލުކުރާނެ ގޮތެއްގެ މަޝްވަރާ، ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ކުރަމުންދާ ފަންނީ ބޭފުޅުންނާއި، ޑޮކްޓަރުންނާއި ޕަބްލިކް ހެލްތުގެ ސްޕެޝަލިސްޓުން މެދުގައި ކުރެވެމުންދާ ކަމަށެވެ. އަދި ކަމާއި ގުޅުންހުރި ފަންނީ ބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ކަރަންޓީންކުރާ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ޤަބޫލު ކުރެވިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ކޮރޯނާވައިރަސް މާލެތެރެއަށް ފެތުރި ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ނަމަ، އެންމެން ކަރަންޓީން ފެސިލިޓީތަކުގައި ބޭތިއްބުމަކީ ދަތި ކަމަކަށް ވާނެތީ، އެއް ބަޔަކު ހޯމް ކަރަންޓީންކުރާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގު) އިންވެސް ކުރިން ވަނީ ބުނެފައެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ ގިނަ ބަޔަކަށް ބަލި ޖެހި ކަރަންޓީން ފެސިލިޓީތަކަށް ބާރުބޮޑުވެއްޖެ ނަމަ ގެތަކުގައި ކަރަންޓީންކުރާނެ ކަމަށެވެ. މިފަދަ ހާލަތެއް މެދުވެރިވެ ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، ޓެގުން އެދިވަޑައިގަތީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް އެންމެން އަމަލުކުރުމަށެވެ.

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 532 މީހަކު ރާއްޖޭން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 352 އެކެވެ. އަދި އިންޑިއާގެ 99 މީހަކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ނޭޕާލްގެ 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ހަ މީހެއްގެ އިތުރުން ޕާކިސްތާންގެ ތިން މީހަކާއި އެހެން ގައުމުތަކުގެ ހަތަރު މީހަކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން މާލެ ފިޔަވައި ފެނިފައިވަނީ މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫ އާއި އެއަތޮޅު ހިންމަފުއްޓެވެ.

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: