ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންގެ މުއްދަތުގައި 3 ދުވަހު ބޭންކްތައް ހުޅުވާނެ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ މުއްދަތުގެތެރޭގައި 3 ދުވަހު ބޭންކްތައް ހުޅުވާގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) ނިންމައިފިއެވެ.

އެ އޮތޯރިޓީނ މީގެ ކުޑައިރުކޮޅެއް ކުރިން ބުނީ، މިއަދުން ފެށިގެން، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 3 ދުވަހު، އެ އޮތޯރިޓީއާއި އެހެނިހެން ބޭންކްތައް ހުޅުވާނެކަމަށެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ބުނީ، ބޭންކްތައް ހުޅުވާނީ، ޒަރޫރީ ބޭންކިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ގޮތުން، މި މަހުގެ 18 ވަނަ ދުވަހާއި، 20 ވަނަ ދުވަހާއި، 26 ވަނަ ދުވަހުގައި ބޭންކުތައް ހުޅުވާނެކަމަށް އެމްއެމްއޭއިން ބުނެެއެވެ.

އަދި ބޭންކްތައް ހުޅުވިފައި ހުންނާނީ، މި 3 ދުވަހު ވެސް، ހެނދުނު 09:30 އިން ފެށިގެން، މެންދުރު 12:00 އަށްކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން، މި 3 ދުވަހު ބޭންކްތައް ހުޅުވިކަމުގައިވިޔަސް، މި ދުވަސްތަކުގައި ޢާންމުންނަށް ޚިދުމަތްދިނުމަށް ހަމަޖެހިފައިނުވާކަމަށް ބުނެފައިވެއެވެ.

މި މަހުގެ 28 ވަނަ ދުވަހަށް މާލޭ ސިޓީ ލޮކްޑައުންކޮށްފައިވާއިރު، ސަރުކާރު އޮފީސްތައް ނުހުޅުވާގޮތަށް ވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސްވަނީ އަންގަވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: