ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: އިތުރު 11 މީހަކު ޕޮޒިޓިވްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހަށް އިތުރު 11 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، އިތުރު 11 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށާއި، އޭގެތެރޭގައި 08 ދިވެއްސަކު ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 3 މީހުންކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މި 11 މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު މިވަނީ 1031 އަށް އިތުރުވެފައެވެ.

އޭގެތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. މި ގޮތުން ރާއްޖެއިން، އެ ޤައުމުގެ 535 މީހަކުވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މިހާތަނަށް 360 ދިވެއްސަކު ޕޮޒިޓިވްވެފައިވާކަމަށް ވެސް ތަފާސް ހިސާބުތަކުންދައްކައެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން އިތުރުވަމުންދާއިރު، ހުކުރު ދުވަހުގައި ވީބީގެ 08 މުވައްޒަފަކު ވެސް ވަނީ، މި ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ، ވީބީ ބާޒާރު ފިހާރައިގައި މަސައްކަތްކުރާ ބިދޭސީއަކާއި، ގަލޮޅު ފިހާރައިގައި މަސައްކަތްކުރާ 03 ބިދޭސީއަކާއި މާފަންނު ފިހާރައިގައި މަސައްކަތްކުރާ 04 މީހުންނެވެ. 

މި ގޮތުން، އެޗްޕީއޭއިންވަނީ އެ ފިހާރަތައް ބަންދުކޮށް، 14 ދުވަހުގެ މުއްދަތަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މީގެ އިތުރުން ހުކުރު ދުވަހު ޕޮޒިޓިވްވި މީހުންގެތެރޭގައި، އިބްރާހީމީ މިސްކިތުގެ އިމާމުގެ އިތުރުން، ކިޑްނީ ޑައިލެސިސް ހަދަން އައިޖީއެމްއެޗަށް ދިޔަ މީހަކު ވެސް ޕޮޒިޓިވްވެފައިވެއެވެ.

އަދި މަނަދޫން 09 މީހަކު ޕޮޒިޓިވްވެފައިވާއިރު، ހިންމަފުށީގައި ހުންްނަ ރިހެބިލިޓޭޝަން ސެންޓަރުން 03 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. ހަމަ އެހެންމެ، ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން ގޮވައިގެން، އެ ޤައުމަށް ދަތުރުކުރި އަސްކަރީ މަނަވަރުން ދިޔަ 08 މީހަކު ވެސް ޕޮޒިޓިވްވެފައިވެއެވެ.

މާލޭ ސިޓީގައި، ކޮރޯނާ ވައިރަސް އިތުރުވެ، ކުރިއަށް އޮތް 02 ހަފްތާއެއްގެތެރޭގައި، ސާޖަކަށް ހިނގައިދާނެކަމުގެ އިންޒާރު ސިއްހީމާހިރުން ދީފައިވާއިރު، ވައިރަސް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވި 4 މީހަކު ނިޔާވެފައިވާއިރު، 49 މީހަކުވަނީ، މި ބަލިން ރަނގަޅުވެެފައިވާކަން ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: