ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހައްމަދު ސއވ އަކީ ރަސޫލެއް ނޫންކަމަށް (ރައީސް) ނަޝީދު ބުނި: އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރައީސް ނަޝީދާއި ސަލާމް ކުރައްވަނީ. ނަޝީދަކީ ލާދީނީ ބޭފުޅެއްކަމަށް އިމްރާން ވިދާޅުވެފައިވޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުން ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވިއިރު “މުހައްމަދު ސއވ އަކީ ރަސޫލެއް ނޫން” ކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށް ޓުވީޓު ކުރެއްވި އެއް ފަރާތަކީ ފުލުސް އޮފީހުގެ މިނިސްޓަރ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކަން ފާހަގަކުރެވިއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރ.އަނގޮޅިތީމު ޖީޒާގެ އަލީ އިބްރާހިމް ރަައީސް ނަޝީދު ރަސޫލާ އާއި މެދު އިހާނެތި ބަސްބުނެފައިވާ ކަމުގެ ދޮގު އިލްޒާމު އަޅުވާފައިވާތީ އޭނާ އާއި އަދި އޭނާގެ އިންޓަވިއު ގެނެސްދިން މީޑިއާގެ މައްސަލަ ފުލުހަށް ހުށަހެޅުމަށް ރައީސް ނަޝީދު ނިންމަވާފައިވާ ކަމަށެވެ.

ސަންގުން މިވީޑިއޯ ބެލިއިރު، މިވީޑިއޯއަކީ2013ވަނަ އަހަރު ޔޫޓިއުބް ޗެނަލްއަކަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއެއްކަން ވަނީ ފާހަގަކުރެވިފައެވެ. މިވީޑިއޯ އަޕްލޯޑްކުރި ޗެނަލްއަކީ އަދާލަތު ކޮމިއުނިޓީއެވެ. މިދެންނެވި ވީޑިއޯ އަޕްލޯޑްކޮށްފައިވަނީ 7 ނޮވެމްބަރު 2013 ގައެވެ. 2013 ގެ ފަހުން މި ޗެނަލްއަށް އިތުރު ވީޑިއޯއެއް އަޕްލޯޑްކޮށްފައެއް ނުވެއެވެ. މި ޗެނަލްގައި100 އަށްވުރެ ގިނަ ވީޑިއޯ އަޕްލޯޑްކޮށްފައިވާއިރު މުޅިންވެސް ހުރީ އަދާލަތުޕާޓީގެ ވެރިން، ޝައިހް އިމްރާން ހިމެނޭގޮތަށް، ދެއްވާފައިވާ ސްޕީޗްތަކުގެ ބައިބަޔާއި، އަދާލަތުޕާޓީގެ ޕްރެސް ކޮންފަރެންސްތަކާއި، އަދާލަތުޕާޓީ ޕްރޮމޯޓްކުރުމުގެ ވީޑިއޯތަކެވެ. މީގެއިތުރުން ރައީސް ނަޝީދަށް ކުޑައިމީސް ރައްދުވާ މަދު ވީޑިއޯއެއްވެސް އަޕްލޯޑްކޮށްފައިވާކަން ފާހަގަކުރެވުނެވެ. މިއަދު މައްސަލަ ޖެހިގެން މިއުޅޭ ވީޑިއޯއަކީ އޭގެ ވީޑިއޯއެކެވެ. 

އަދާލަތު ޕާޓީގެ ވެރިންނާއި ފިލޯސޮފީ ކުރިއަރުވާ މި ޔޫޓިއުބް ޗެނަލްއަށް މިވީޑިއޯ 7 ނޮވެމްބަރު 2013 ގައި އަޕްލޯޑްކޮށްފައިވާއިރު ޖެހިގެންއައި، 8 ނޮވެމްބަރު 2013 ގައި އަދާލަތު ޕާޓީގެ ރައީސް، އަދި މިހާރުގެ ހޯމް މިނިސްޓަރ ވަނީ އެވީޑިއޯ އެމަނިކްފާނުގެ އަމިއްލަފުޅު ޓުވިޓަރ އެކައުންޓުން ޓުވީޓްކުރައްވާފައެވެ. ވީޑިއޯގެ ހެޑްލައިނަކީ، “ނަޝީދު ފޮނުވާލާފަ ހުއްޓާ ދެއްކި ލާދީނީ ވާހަކަތައް” މިހެންނެވެ. އިމްރާން އަބްދުﷲ ޓުވީޓް ކުރައްވަނީ، “މުހައްމަދު ސއވ އަކީ ރަސޫލެއް ނޫންކަމަށް (ރައީސް) ނަޝީދު ބުނި” ކަމަށެވެ. 

އިމްރާން އަބްދުﷲ މިޓުވީޓް ކުރެއްވިއިރު އެމަނިކްފާނަކީ ރައީސް ނަޝީދާއި އެމްޑީޕީއާއި ވަރަށް ދެކޮޅު ބޭފުޅެކެވެ. އެހެންނަމަވެސް މިއަދުގެ ހާލަތު ބަދަލުވެ އެމަނިކްފާނަކީ އެމްޑީޕީ ސަރުކާރުގެ ބައިވެރިއެކެވެ، އަދި އެމްޑީޕީއަށް މިފަހުން އެއްޗެއް ވިދާޅެއްނުވެއެވެ.

https://twitter.com/ShimranAb/status/398665319520038912?s=20

ގާނޫނުލްއުގޫބާތުގެ 617 ވަނަ (ހ) ގެ (5) ގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް، މީހުންގެ މެދުގައި ދީނީ ބައިބައިވުން އުފެދޭ ގޮތަށް ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ކުރުމަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.

އިމްރާން އަބްދުﷲގެ މިޓުވީޓަށް 2013 ވަނަ އަހަރު، ހަމަ އެދުވަހުވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެ ޓުވީޓަށް ނުރުހުމުގެ ރައްދުތަކެއްވަނީ އަމާޒުވެފައެވެ. 

މުހައްމަދު ސއވ އަކީ ރަސޫލެއް ނޫންކަމަށް (ރައީސް) ނަޝީދު ވިދާޅުވިކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މި ވީޑިއޯއާއެކު ޓުވީޓް ކުރެއްވިއިރު މިމައްސަލަ ބައްލަވަން މިއަދު މިފޮނުއްވުނީ އެމަނިކްފާނު މިއަދު އެވުޒާރާއެއް ހިންގަން ހަވާލުވެހުންނެވި ހޯމް މިނިސްޓްރީގެ ދަށުން ހިނގާ ފުލުސް އޮފީހަށެވެ. 

މިސަބަބާއިހުރެ މިވީޑިއޯގެ މައްސަލަ ތަހްގީގްކުރާއިރު އިމްރާން އަބްދުﷲގެ މައްސަލަވެސް ތަހްގީގްކުރުމަށް ގޮވާލާ އަޑުތައް ސޯޝަލް މީޑިއާގައިވަނީ ގަދަވެފައެވެ. އަދި މިމައްސަލަ ބައްލަވާއިރު އިމްރާން ހޯމް މިނިސްޓްރީ ހިންގެވުން ވަގުތީގޮތުން ދުރަށް ޖެހިވަޑައިގަތުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުނެވެ.

ޝެއިހް އިމްރާން އަބްދުﷲ ވަނީ މީގެކުރިންވެސް ރައީސް ނަޝީދާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ނަޝީދަކީ “ލާދީނީ” ބޭފުޅެއްކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީ ކޮންޓްރޯލްކުރަނީވެސް “ލާދީނީ ބައިގަނޑެއް”ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. ލަންކާއިންނާއިންނާއި އިންޑިއާއިން މީހުން ގެނެސް ސިހުރު ހަދައިގެން މީހުން ވާވައްދާފައިވާކަމަށާއި، ގިނަ ބަޔަކަށް ސިހުރު ޖެހިފައިވާކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ.  

https://www.youtube.com/watch?v=Gh4CjlGGx3w

ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސްތަކެއް ނަޝީދު ވިދާޅުވި ކަމަށް ބުނާ މައްސަލައިގައި، އެމަނިކުފާނުގެ އެމްޑީޕީން ވެސް ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ. އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި އެމަނިކުފާނަށް ހަވާލާދީ ބުނެފައިވަނީ އެމަނިކުފާނަކީ ޝަހާދަތުގެ ދެކަލިމައާއި ކީރިތި ރަސޫލާގެ ސުންނަތް ގަބޫލު ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިމްރާން ހިންގެވުން ވަގުތީގޮތުން ދުރަށް ޖެހިވަޑައިގަތުމަށްވެސް ފެނޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: