ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ކޮނުމަކީ ހުއްދަކަމެއް ނޫން: ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުޢީ ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ކޮނުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ޝަރުއީ ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ކޮންނަކަމުގެ މައުލޫމާތު ބައެއް ފަހަރު ލިބޭ ކަމަށާއި މިއީ ހުއްދަ ކަންކަމެއް ނޫން ކަމަށެވެ.

އަދި ޝަރުއީ ރުގްޔާ ކުރުމުގައި އެފަދަ އެއްވެސް އަމަލެއް ހިންގުމަކީ ގުރުއާނާއި ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.

”ޝަރުޢީ ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ކޮށްނަކަމުގެ މައުލޫމާތު ވެސް ބައެއް ފަހަރު ލިބޭ. މިއީ ހުއްދަކަންކަމެއްނޫން“

މީގެ ބަދަލުގައި ޝަރުއީ ރުގްޔާއަކީ ބަލިމީހާށް ޝިފާއަށް އެދިގެން ގުރުއާން ކިޔަވައި އޭނާގެ ގަޔަށް ފުމުން، ނުވަތަ ފެނަށް ކިޔަވައި ފެން ބޯން ދިނުން ނުވަތަ ޝިފާއަށް އެދި އެކަމުގައި ސުންނަތުން ސާބިތުވެފައިވާ ދުއާތައް ކިއުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި ޝަރުޢީ ރުޤްޔާކުރުމުގައި އެފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ޤުރްއާނާއި ސުންނަތުން ސާބިތުވާކަމެއްނޫން. މިހެންކަމުން ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމްވެގެންވާޢަމަލުތަކެއް. ޝަރުއީ ރުޤްޔާއަކީ ބަލިމީހާށް ޝިފާއަށް އެދިގެން ޤުރުއާން ކިޔަވައި އޭނާގެ ގަޔަށް ފުމުން، ނުވަތަ ފެނަށް ކިޔަވައި ފެން ބޯން ދިނުން ނުވަތަ ޝިފާއަށް އެދި އެކަމުގައި ސުންނަތުން ސާބިތުވެފައިވާ ދުޢާތައް ކިއުން..

މިފަހަކަށް އައިސް ބައެއް ފަރާތްތަކުން ރުޤުޔާކުރުމުގެ ނަމުގައި ޝަރުޢޫ ގޮތުން ހުއްދަ ނޫން ނޭދެވޭ ޢަމަލުތައް ހިންގަމުންދާކަންވަނީ ސަމާލުކަމަށް އައިސްފައިކަމށާއި މިކަންކަމާމެދު ރައްކާތެރިވުމަށް ޝަހީމްވަނީ އެދިފައެވެ. އަދި ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ ކަމަށާއި އިސްލާމްދީނުގައި އަންގަވާފައިވަނީ ބަލިވުމުން ދުޢާކުރުމާއި، ބޭސް ބޭނުންކުރުން ފަދަ ސަބަބުތަކުގައި ހިފުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: