ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އޭޑީކޭގެ ލެބް ޓެކްނީޝަނުން،ފުލުހުންގެ ފޮރެންސިކް ޓީމާއެކު ތަމްރީނުހޯދަނީ

ފޮޓޯ: މުޙައްމަދު ޙަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭ ހޮސްޕިޓަލުގެ ލެބް ޓެކްނީޝަނުންގެތެރެއިން، 4 ޓެކްނީޝަނެއް، ފުލުހުންގެ ފޮރެންސިކް ޓީމާއެކު ކޮވިޑް-19 އިގެ ޓެސްޓުތައް ތަޙުލީލުކުރުމުގެ ތަމްރީނުތައް ހޯދަންފަށައިފިއެވެ. 

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މި ކަން ހާމަކޮށްފައެވެ. މި ގޮތުން، ޙަމީދު ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލުގެ ލެބް ޓެކްނީޝަނުންގެތެރެއިން، 4 ޓެކްނީޝަނެއް، ފުލުހުންގެ ފޮރެންސިކް ޓީމާއެކު ކޮވިޑް-19 އިގެ ޓެސްޓުތައް ތަޙުލީލުކުރުމުގެ ތަމްރީނުތައް ހޯދަން ފަށާފައިވާކަމަށާއި، އަދި އެ މީހުންނާމެދު ފަޚުރުވެެރިވެލައްވާކަމަށެވެ.

މީގެ އިތުރުން ޙަމީދު ވިދާޅުވީ، 21 އެނަލިސްޓަކު ފުލުހުންގެ ފޮރެންސިކް ޓީމްގައި ކޯވިޑް ސާމްޕަލްތައް ޓެސްޓު ކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާކަމަށެވެ. އަދި ކަނޑައެޅިފައިވާ ވަގުތައް ނިންމުމަށް ބުރަ މަސައްކަތްތަކެއްކުރާ ކަމަށް ވެސް ޙަމީދު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާރު ޓެސްޓުކުރެވެމުންދަނީ ފުލުހުންގެ ފޮރެންސިކް ލެބްގެ އިތުރުން، އައިޖީއެމްއެޗުގައެވެ. އޭޑީކޭއިން ކޮވިޑް-19 އަށް ޓެސްޓުކުރުމަށްޓަކައި މެޝިނެއް ގެނެސްފައިވަނީ، މި ހުސްވި ހަފުތާގައެވެ. އެ ހޮސްޕިޓަލުން ބުނިގޮތުގައި ހަފުތާއެއްހައި ދުވަސްތެރޭ ޓެސްޓުކުރުމުގެ މަސައްކަތްތައް ފެށޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: