ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19 އާއިއެކު ކުރީގެ ރައީސުންގެ އިނާޔަތް މުރާޖާޢާ ކުރަން މަޖިލީހަށް ހުށަހަޅައިފި

ރާއްޖޭގައި ކުރިން ރައީސްކަން ކުރެއްވި ބޭފުޅޫން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ދައުލަތަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން ގެންދާ އިނާޔަތް މުރާޖާޢާ ކޮށްދިނުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. 

ފިނޭންސް މިނިސްޓަރ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ފޮނުއްވި ސިޓީ މަޖިލީޙުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންނާއި ރައީސުލްޖުމްހޫރީއްޔާއާއި އެމަނިކުފާންގެ ނަިއބުގެ އިތުރުން ވަޒީރުންނާއި އެހެން ވެސް ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސްވެިރިންގެ މުސާރަ ވެސް  ކުޑަކުރަން އެދިފައެވެ. 

ފިނޭންސް މިނިސްޓަރ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ  ކުރީގެ ރައީސުންގެ އިނާޔަތްތައް މުރާޖާޢާ ކޮށްދިނުމަށާއި ދައުލަތުން ހަރަދު ކުރާ ގޮތަށް އެއް އިދާރާއަށްވުރެ ގިނަ އިދާރާއިން އިނާޔަތް ހޯދާ މީހުނަށް ކޮންމެ ވެސް އެއް ސްކީމެއް އިހުތިޔާރު ކުރަން ޖެހޭ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދިނުމަށް އެދިވަޑައިގެންފައިވެއެވެ. 

ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކުރީގެ ރައީސުންނަށް ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި ދެމުން ދަނީ މަހަކު 175،000 ރުފިޔާ އެވެ. އެއީ މަހަކު 50،000 ރުފިޔާގެ މުސާރަ އާއި، ދިރިއުޅޭ ތަނުގެ ހަރަދަށް 50،000 ރުފިޔާ އަދި ޗެރިޓީ މަސައްކަތްތަކަށް ހުޅުވާ އޮފީސްތައް ހިންގުމަށާ އެކު ގިނަވެގެން 175،000 ރުފިޔާ ދޭން ޖެހެ އެވެ.

މިގޮތުން އިނާޔަތް ލިބޭ ކުރީގެ ރައީސުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކްއެވެ.ކުރީގެ ރައީސުންގެ ތެރެއިން އިނާޔަތް ލިބިވަޑައި ނުގަންނަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް އެކަނޏެވެ. އެމަނިކުފާނަށް އިނާޔަތް ލިބިވަޑައި ނުގަންނަވަނީ ދައުލަތުން އެމަނިކުފާންގެ މައްޗަށް އުފުލި މަނީލޯންޑާ ކުރުމުގެ ދައުވާ ސާބިތު ފަސް އަހަރުގެ ޖުލު ހުކުމެއް އައުމާއި ގުޅިގެންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: