ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީގެ ޑައިވަރުން މަރުވީ އޮކްސިޖަން ހުސްވެގެން: ޕޯސްޓްމޯޓަމް ރިޕޯޓު

މަރުވި އިޓަލީގެ ޑައިވަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ މަޝްހޫރު ކަނޑުއަޑީގެ ކޭވް ޑައިވްކުރަން އުޅުމުގެ ތެރޭގައި ގެއްލުނު އިޓަލީވިލާތުގެ ފަސް ޑައިވަރުން މަރުވެފައިވަނީ އޮކްސިޖަން ހުސްވެ، ނޭވާލާން އޮކްސިޖަން ނުލިބުމުގެ ސަބަބުންކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކައިފި އެވެ.

އިޓަލީގެ ބަސްޓޯ އާސިޒިއޯ ޕަބްލިކް ޕްރޮސެކިއުޓަރުންގެ އޮފީހުން އެކުލަވާލައި، މިދިޔަ ހުކުރު ދުވަހު ނެރުނު އޮޓޮޕްސީ ރިޕޯޓުގައިވާ ގޮތުގައި، މި އެންމެން ވެސް މަރުވެފައިވަނީ ސިއްހީ ގޮތުން ”އެނޯޒިއާ“ ނުވަތަ ހަށިގަނޑުގެ ގުނަވަންތަކަށް އޮކްސިޖަން ލިބުން އެއްކޮށް ހުއްޓުމުގެ ސަބަބުންނެވެ. އަދި އެމީހުންގެ ހަށިގަނޑުން އެއްވެސް ބާވަތެއްގެ ވިހަ ނުވަތަ އާދަޔާ ހިލާފު މާއްދާއެއް ފެނިފައިނުވާ ކަމަށާއި، މަސްތުގެ އެއްވެސް އަސަރެއް ނެތް ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ، އިޓަލީގެ ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (23އ) ގެ އިތުރުން ރިސާޗަރެއް ކަމަށްވާ މުރިއެލް އޮޑެނީނޯ (31އ)، ފެޑެރިކޯ ގުއަލްޓިއޭރީ (30އ) އަދި އެމީހުންގެ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ (44އ) އެވެ.

މި ހާދިސާ ހިނގި ދުވަހު، އިންސްޓްރަކްޓަރު ޖިއަންލޫކާގެ ހަށިގަނޑު ވަނީ އަލިމަތާ ހޮހޮޅައިގެ ފުރަތަމަ ޗެމްބަރު ކައިރިން، ކަނޑުގެ 55 މީޓަރު އަޑިން ފެނިފައެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނުނީ އޭގެ ހަތަރު ދުވަސް ފަހުން، މެއި 18 ވަނަ ދުވަހު ފިންލޭންޑުގެ ތަޖުރިބާކާރު ޓެކްނިކަލް ޑައިވަރުންގެ ޓީމަކުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ.

އެމީހުންގެ ހަށިގަނޑުތައް ފެނުނީ ހޮހޮޅައިގެ ނިމޭކޮޅު ނުވަތަ ތިން ވަނަ ޗެމްބަރުގެ ގާތްގަނޑަކަށް 60 މީޓަރު އަޑިންނެވެ.

މި ޑައިވަރުން ހޯދުމަށް ފުރަތަމަ ކުރިއަށް ގެންދިޔަ ނުރައްކާތެރި ސަލާމަތީ އޮޕަރޭޝަނުގެ ތެރޭގައި އެމްއެންޑީއެފް ޑައިވަރެއް ކަމަށްވާ ސްޓާފް ސާޖެންޓް މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފައެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ދެކެވުނެވެ. އޭގެ ތެރޭގައި އެމީހުން ހޮހޮޅައިގެ އެހާ ފުނަށް ވަނީ މިޔަރެއްގެ ހަމަލާއިން ސަލާމަތްވާން އުޅުމުގެ ތެރޭގައިކަމަށް ބުނެ ދެކެވުނު ވާހަކަތައް އޮޓޮޕްސީ ރިޕޯޓުން ވަނީ ދޮގުކޮށްފައެވެ. ރިޕޯޓުގައި ބުނެފައިވަނީ އެމީހުންގެ ހަށިގަނޑުގައި ބޭރުފުށުގެ އެއްވެސް ޒަހަމެއް ނުވަތަ އަނިޔާއެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: