ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ކެތްތެރިކަން ކޮޅުންލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް އެކި ބޭނުންތަކަށް އައިސް ރަށަށް ނުދެވި ތާށިވެފައި ތިބި ގިނަ މީހުން އުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށާއި އެކަމާއި ގުޅިގެން އެމަނިކުފާނުގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮއްސި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެކި ބޭނުންތަކަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުން ދާތީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގައި މަޖިލީހުގެ މެންބަރުންގެ ކެތްތެރިކަން ކޮޅުން ލައިގެން ދާ ތަން ފެނިވަޑައިގަންނަވާ ކަމަށާއި ހަމައެގޮތަށް އެމަނިކުފާނުގެ ކެތްތެރިކަން ވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް ކަމަށެވެ.

މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ފޮނުވުމުގެ މަސައްކަތަކީ މުހިއްމު ކަމެއްގެ ގޮތުގައި ނުފެންނަ ސަބަބެއް ވިސްވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެފަދަ ކަންކަމުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފިޔަވަޅުތައް ނާޅާ ލަސްވާން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލު ކުރަން ނޫޅުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ދެރަވާ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މާލޭގައި އެތައް ބަޔަކު މިހެން ތާށިވެފައި ތިބުމަކީ އެތައް އާއިލާއަކަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެއް ކަން ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހެއެވެ.

“ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، މާލޭގައި އެތައް ބަޔަކު މިހެން ތާށިވެފައި ތިބުމަކީ އެތައް އާއިލާއަކަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެއް ކަން، އަޅުގަނޑަށް އެބަ ފެނޭ މަޖިލީހުގެ މެންބަރުންގެ ކެތްތެރިކަން މި ކަމުގައި ކޮޅުން ލައިގެން ދާ ތަން، އަޅުގަނޑުގެ ކެތްތެރިކަން ވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް” ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އެންމެ ބޭނުންވާ ގޮތްކަމުގައި ނުވިޔަސް މަޖިލީހުގެ މެންބަރުން ފާހަގަކުރައްވާ މައްސަލަތައް ކަމާ ބެހޭ އިދާރާތަކުން ހައްލު ކުރަން މަސައްކަތް ނުކުރެވޭނަމަ އެ ބޭފުޅުންގެ އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހުގެ މެންބަރުންނަށް އޮންނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ރޯގާގެ ކަންކަން އޮޅުވާލައިގެން ނުވާނެ ކަމަށާއި ކޮވިޑް-19 އަކީ ވެކްސިނެއް ނެތި ވެސް މިހާތަނަށް ގިނަ ބަޔަކު ފަރުވާދެވި ރަނގަޅު ކުރެވިފައިވާ ބައްޔެއް ކަމަށެވެ.

މާލޭގައި ތާށިވެފައި ތިބި މީހުނާއި ރަށަށް ބަދަލު ވާން ބޭނުންވެގެން ކަމާ ބެހޭ އިދާރާތަކަށް 5،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރި އެވެ. އޭގެ ތެރެއިން ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު ހުރި 500 ޖާގައަށް ފޮނުވޭނެ މީހުންގެ ލިސްޓެއް ވެސް އާންމު ކުރި އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: