ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާމްޕަލްތައް ނެގުމަށް ލަސްވާ އެންމެ ބޮޑު އެއް ސަބަބަކީ ޕީޕީއީސް ބަދަލު ކުރަން ޖެހުން: އާރުއާރުޓީ

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އާރުޓީޓީ ކްލަސްޓާ ހެޑް އަބްދުލް ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ޝައްކު ކުރެވޭ މީހުންގެ ސާމްޕަލްތައް ނެގުމަށްފަހު، ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓު (ޕީޕީއީ) ބަދަލު ކުރަންޖެހޭ ކަމަށާއި ސާމްޕަލްތައް ނެގުމުގައި ލަސްތަކެއް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ އެއީ ކަމަށް ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ރެޕިޑް ރެސްޕޮންސް ޓީމުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެޑައިގެންނި، ކްލަސްޓާ ހެޑް އަބްދުލް ހަމީދު ވިދާޅުވީ، ބައެއް ސާމްޕަލްތައް ނެގުމުގައި ލަސްވާ ސަބަބައި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ކޮންމެ ގެއަކަށް ވެސް ވަނުމަށްފަހު އެހެން ގެއަކަށް ދިއުމާއި ދެމެދު ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓު ބަދަލު ކުރަން ޖެހޭ ކަމަށެވެ. ޕީޕީއީސްތަކުގައި ކޮންމެ ޓީމަކަށް ވެސް ވަކި ވަރަކަށް މަސައްކަތް ކުރެވޭއިރު، އެއަށްފަހު ދެން ނެރެން ޖެހެނީ އިތުރު ޓީމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، މާލޭގެ ގިނަ ގެތައް ހުންނަނީ ހަނި ގޯޅިތަކެއްގައި ކަމުން ވެސް ދަތިވާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް މިނީ ބަސްތަކެއް ހޯދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސާމްޕަލްތައް ނެގުމަކީ، އުނދަގޫ އަދި ބުރަ މަސައްކަތެއްކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ ބައްޔަށް އެންމެ ބޮޑަށް އެކްސްޕޯޒްވާނެ އެއް ބަޔަކީ ވެސް އެއީ ކަމަށެވެ. އަދި އާރުއާރްޓީގެ މަސައްކަތަށް ނިކުންނަށް ބައެއް މީހުން ޖެހިލުންވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ކުރިޔަށް މިދަނީ ވިއްސާރަ ދުވަސްތަކެއްކަމުން މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި އޭގެ ސަބަބެއްގެ ގޮތުގައި ހަމީދު ވިދާޅުވީ ވާރެއާއި ތެމި ނުރައްކާ ބޮޑުވުމެވެ. ޕީޕީގައި ހުއްޓާ ވާރެއާއި ތެމިއްޖެނަމަ އެ މީހަކު ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓި އިންފެކްޝަނެއް އުފެދުމަށް ފުރުސަތު ބޮޑުވެގެން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމީދު ވިދާޅުވީ ސާމްޕަލްތަކާއި، ސާމްޕަލްތައް ނެގުމަށް ބޭނުންކުރާ ތަކެތިތައް ރައްކާތެރިގޮތުގައި ގެންގުޅެންޖެހޭ ކަމަށެވެ.

“މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވީމަ، އެއީ ވަރަށް ބޮޑު ޗެލެންޖެއް، ދަތިކަމެއް. ވިއްސާރަވީމަ އެއް ގެއިން ނުކުމެ އަނެއް ގެޔަކަށް ގޮސް ސާމްޕަލް ނެގުމާއި އަދި ހާއްސަ ޕީޕީއީއަކީ މީހާގެ ރައްކާތެރިކަމަށް ވަރަށް މުހިންމު އެއްޗެއް. ޕީޕީއީގައި ހުއްޓައި ތެމިއްޖެ ކަމަށްވަންޏާ، އެއީ ވަރަށް ބޮޑަށް އިންފެކްޝަނަށް ހުޅުވާލެވޭ ކަމެއް. ނުވަތަ އޭނާ ނުރައްކަތެރިކަމަށް އެ ވެއްޓެނީ” ހަމީދު

ހަމީދު ވިދާޅުވީ އާއްމުންގެ ފަރާތުން މަސައްކަތް ކުރިޔަށް ގެންދިއުމުގައި ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު ކަރަންޓީނު ކުރެވޭ މީހުންނާއި، ސާމްޕަލް ނަގަން އައިސް ވަކި ގެއަކަށް ވަންނަތަން ވީޑިއޯކޮށް ފޮޓީ ނެގުން ހުއްޓާލުމަށް އޭނާ އެދުނެވެ. ސޯޝަލް މީޑިއާގައި މި ފޮޓޯތަކާއި ވީޑިއޯތައް ދައުރުވާއިރު ހަމީދު ވިދާޅުވީ އާއްމުންގެ ފަރާތުން ފޮޓޯތައް ނުނެގުމަށް އެދުމުން އާރުއާރުޓީ ޓީމަށް ވެސް ފުރައްސާރައާއި ދިމާވާ ކަމަށެވެ.

މީގެ އިތުރުން ސާމްޕަލްތައް ނެގުމަށް ނުވަތަ، ކަރަންޓީނަށް ކޮންމެ ގަޑިއެއްގައި ވެސް ގުޅާލުމުން އެކަމަށް ލިބެމުންދާ އެއްބާރުލުން ހަމީދު ފާހަގަކުރެއްވިއެވެ.

 ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި މިހާތަނަށް 10،000 ސާމްޕަލް ނަގައިފައި ވެއެވެ. ވޭތުވެދިޔަ 72 ގަޑިއިރު ނެގި ސާމްޕަލްތަކުން ނަތީޖާ ނުލިބި ޕެންޑީންގައި 400 އެއްހާ ސާމްޕަލް އެބަހުއްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: