ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް: ބައްޔަށް ޕޮޒިޓިވްވެފައި ވަނިކޮށް ފިލި މީހުންގެ ތެރެއިން ދެ މީހަކު އަދިވެސް ހޯދާ ނުފެނޭ!

މާލެ ތެރޭގައި ރެންޑަމް ސާމްޕަލްތައް ނެގުން މިހާރު ވަނީ ކުރިޔަށް ވުރެ އިތުރުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ކޮވިޑްއަށް ޕޮޒިޓިވްވެފައި ހުއްޓާ ފިލި މީހުންގެ ތެރެއިން ދެ ބިދޭސީއަކު އަދިވެސް ނުފެންނަކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ރެންޑަމްކޮށް ނެގުނު އެ ސާމްޕަލްތަކުން ހަތް މީހަކު ބައްޔަށް ޕޮޒިޓިވްވިއެވެ. އެހެން ނަމަވެސް އެ މީހުން ދިން ނަމްބަރުތަކަށް ގުޅިފައިނުވާތީ އެ މައްސަލަ އެޗްޕީއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ. ބައްޔަށް ޕޮޒިޓިވް ބިދޭސީންތަކެއް ނުފެނިގެން އުޅޭކަން އެޗްޕީއޭއިން ހާމަކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެކަން ހާމަކުރީ އެ މީހުންނަށް ނުގުޅި، ނުފެނިގެން އުޅޭތާ ހަފްތާއެއްފަހުން އެކަން ސޯޝަލް މީޑީއާގައި އާއްމުވުންނެވެ.

އޭގެ ތެރެއިން ފެނުނީ ހަތް މީހުންނެވެ. އަދި އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށެވެ.

މިވީ އެއް ހަފްތާތެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް މީހުންތަކެއް ފިލައިގެން އުޅޭ ވާހަކައެއް ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅެއްނުވެއެވެ. ފިލައިގެން އުޅޭ މީހުންގެ މައުލޫމާތެއް އާއްމުކޮށްފައި ނުވާތީ އެމީހުންނާއި ބައްދަލުވި ބައެއް ނުވަތަ ސަމާލުވާން ވެސް ނޭނގޭއިރު އެ މީހުން ނުފެނިގެން ހޯދާތާ ދެ ހަފްތާ ވީއެވެ.

ޕޮޒިޓިވްވި ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ފުލުހުން ހޯދިއިރު، އެ މީހުންވެސް ފެނުނީ ކިތަށް ދުވަހުން ކަމަށް އެންއީއޯސީން ހާމައެއް ނުކުރެއެވެ. ވިދާޅުވީ، އެ މީހުންގެ ސާމްޕަލްތައް ޕޮޒިޓިވްވުމުން އައިސޮލޭޝަންއަށް ގެންދިއުމަށް މިދިޔަ ހަފްތާގައި ގުޅުމުން ފޯނަށް ގުޅޭގޮތް ނުވިކަމަށެވެ. މިފަދަ ކޭސްތަކުގައި އަމަލު ކުރާ ގޮތަކީ އެޗްޕީއޭގެ ފަރާތުން އެކަން އެންފޯސް ކުރުމަށްޓަކައި ފުލުހުންނަށް އެ މައުލޫމާތުތައް ދެމުން ގެންދާ ކަމަށާއި އަދި ފުލުހުންނަށް ވެސް އެމީހުން ނުފެނިއްޖެ ނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެބައެއްގެ ޒާތީ މައުލޫމާތު ހާމަ ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ގެއްލިގެން ނުފެނިގެން އުޅޭ ބިދޭސީންނާއި ގުޅޭގޮތުން ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ އޭގެ ތެރެއިން ދެ މީހަކު އަދިވެސް ނުފެންނަ ކަމަށެވެ. އަދި އެކަން ކާމިޔާބު ނުކުރެއްވިއްޖެ ނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ބިދޭސީން ބަހައްޓާފައި ހުންނަތަންތަނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ނުފިލޭނެ ފުރުސަތެއް މިހާރު ނޯންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 1،100 އިން މައްޗަށް އަރާފައުވާއިރު އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: