ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގެ މަސައްކަތް މި މަހުގެ 19އަށް ނިންމަނީ

މިއަދުަ ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް މި މަހުގެ 19އަށް ނިންމަން ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ބަޖެޓުގެ މަސައްކަތް ނިންމާނެ ސުންގަޑިއަކަށް 19 ނޮވެމްބަރު ކަނޑައަޅަން ނިންމާފައިވާއިރު، އަންނަ ހަފްތާގެ އާދީއްތަ ދުވަހު ފިނޭންސް މިނިސްޓްރީއާ ބައްދަލުކުރުމަށް ވެސް ނިންމާފައިވެއެވެ.

ބަޖެޓާ ގުޅޭ ގޮތުން ހިޔާލު ހޯދާނެ މިނިވަން މުއައްސަސާތައް ކަނޑައެޅުމުގެ ބާރު އިދާރީ މޭޒަށް ދޭން، ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅި ހުށަހެެޅުން ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެކަމާ ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ ބޭނުންވާ މުއައްސަސާތަކަށް އެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބުނެ އިއުތިރާޒުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 231 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލްގެ ހިޔާލު ހޯދަން މަޖިލީހަށް ހާޒިރުކުރާނެ ދުވަހަކާ ގުޅޭ ގޮތުން ވެސް ކޮމިޓީގައި މަޝްވަރާކުރިނަމަވެސް، އެކަމަށް ވަކި ދުވަހެއް ކަނޑައަޅާފައިނުވެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް މަޖިލީހުން ފާސްކުރި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓާއި އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ތަފްސީލަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. މި ހަރަދުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓު ހަރަދެވެ. އެގޮތުން ރިކަރަންޓު ހަރަދަށް 42.7 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ތަރައްގީގެ އެކި މަޝްރޫއުތައް ހިމެނޭ ކެޕިޓަލް ހަރަދަށް ބަޖެޓުކޮށްފައިވަނީ 9.9 ބިލިޔަން ރުފިޔާއެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހާއްސަކޮށްގެން 8.2 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މީގެ ކުރިން ނިންމާފައިވާ ގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމުގެ މަރުހަލާގައި ކޮންމެ މެންބަރަކަށްވެސް ވާހަކަދެއްކެވުމަށް 15 މިނެޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ބަޖެޓު ބަހުސް ކުރިއަށްދާ ވަގުތުތަކުގައި މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށާއި، ބަޖެޓާ ގުޅޭގޮތުން ތަފްސީލު ދެއްވުމަށް މާލީ ވަޒީރަށް 45 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: