ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 69 މީހަކު ކޮވިޑް-19 ބަލިން ފަސޭހަވެ، ޖުމްލަ އަދަދު 717 އަށް!

ފޮޓޯ: ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ބައްޔަަށް ފަރުވާ ހޯދަމުންދިޔަ އިތުރު 69 މީހަކު ބަލިން ފަސޭހަވެފައިވާކަމަށް ހްލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތައް ހިއްސާ ކުރަމުން އެޗްޕީއޭއިން ބުނެފައިވަނީ މިހާތަނަށް އައިއިރު ޖުމްލަ 717 މީހަކު ބަލިން ފސޭހަވެފައިވާ ކަމަށެވެ. އަދި މިހާރު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،157 މީހުން ކަމަށެވެ.

ފާއިތުވެދޔަ 24 ގަޑިއިރުގެ ތެރޭގައި މިބައްޔަށް އަލަށް ޕޮޒިޓިވްވެފައިވަނީ 11 މީހެއްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހެކެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިވަނީ 1،883އަށް އަރާފައެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 1،228 މީހުން ތިބިއިރު، ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 1،482 މީހަކު ތިބިކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި މިހާތަނަށް މިބަލީގައި މަރުވެފައިވަނީ 7 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: