ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޕީއޭގެ ޑީޖީ އިބްރާހިމް ނަޢީމްގެ ދިފާޢުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައިފި

ފޮޓޯ: ރައީސް ނަޝީދު، ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމަކީ، ތަޖުރިބާކާރު ބޭފުޅެއްކަމަށް ވިދާޅުވެ،  ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އޭނާ ދިފާޢުކުރައްވައިފިއެވެ.

މި ގޮތުން އީޕީއޭގެ ޑީޖީ އިބްރާހިމް މަނިކު ދިފާޢުކުރައްވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަރައްޤީގެ ގިނަ މަސައްކަތްތަކުން، ތިމާވެށްޓަށް ނުރަނގަޅު އަސަރުތަކެއް ކުރަމުން އަންނަކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ، މާލޭ ސަރަހައްދަށް އިތުރު ހިކިފަސް ބިމެއްގެ ބޭނުމަކީ، އެހެން އެއްވެސްގޮތެއް ނެތި މާލޭގައި ދިއުޅެމުން އަންނަ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ކަމަކީ، ތޮއްޖެހިފައިވާ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް  މުހިންމުކަމެއްކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ އީޕީއޭގެ ޑީޖީ އިބްރާހިމް ނަޢީމަކީ، ތަޖުރިބާކާރު ބޭފުޅެއްކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، މާލޭސިޓީގެ ކޮމާޝަލް ޕޯޓު، ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތްފަށާފައިވާއިރު، އެ ކަމުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެށްޓަށް ނޭދެވޭ އަސަރު ކުރަމުންދާތީ، އެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

އަދި އެކަމުގެ ސަބަބުން، ތިމާވެށްޓަށް ނޭދެވޭ އަސަރުކުރަމުންދާކަމުގެ ޝަކުވާތައް ހުށަހެޅެމުން އަންނަމުންދާ ދަނޑިވަޅެެއްގައެވެ. އޭގެ އިތުރުން،  އެ މަޝްރޫޢު ހިނގަމުންދާގޮތް ހާމަކުރެއްވުމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަޞީރު އެންގެވުމުން، އެއާ އެއްގޮތަށް ޢަމަލުނުކުރައްވާނެކަމަށް ނަޢީމު ވިދާޅުވެފައިވާކަމަށް ބުނެ، އޭނާގެ މަޤާމު ދަށްކޮށް ނުވަތަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރެއް އެންވަޔަރަމަންޓް މިނިސްޓްރީން ދީފައިވާ ދަނޑިވަޅެއްގައެވެ.

https://twitter.com/MohamedNasheed/status/1269532092641144832?s=19

ގުޅިފަޅު ހިއްކުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ނޭދެވޭ އަސަރުކުރަމުންދާ މައްސަލައިގައި، އީޕީއޭއާއި، ޕްލޭނިންގ މިނިސްޓްރީގެ އިސްބޭފުޅުން ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.

މި ގޮތުން، ގުޅިފަޅުގެ މަޝްރޫޢު ހުއްޓާލަންޖެހޭވަރަށް، އެ ސަަރަހައްދު ހިއްކައިގެން ގެއްލުންނުވާނެކަމަށް އީޕީއޭއިން ބުނެފައިވާއިރު، ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޛުވީ، ގެއްލުން ލިބުނުކަމުގައިވިޔަސް، އެ މަޝްރޫޢަކީ ކޮންމެހެން ވެސް ކުރިއަށްގެންދަންޖެހޭ މަޝްރޫޢުއެއް ކަމަށެވެ.
                           

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: