ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެންނަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

 

ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީއިން ބުނީ ލަންކާއިން ރާއްޖެ އަންން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް މިމަހުގެ 10 ވަނަ ދުވަހު ފަށާނެކަމަށެވެ.

މިގޮތުން ސްރީލަންކަން އެއަރލައިންސްއިން އޮޕަރޭޓް ކުރާ ފުރަތަމަ ފްލައިޓްގައި ރާއްޖެއަށް އަންނާނީ ލަންކާއަށް ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި މީހުންނާއި، ފަތުރުވެރިންގެ ގޮތިގައި ލަންކާއަށް ގޮސް ނާދެވި ތިބި މީހުންނާއި، ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި އެހެންނަމަވެސް ރާއްޖެ އަށް އަނބުރާ ނާދެވި ތިބި ރޭޓް ކުރާ ފުރަތަމަ ފްލައިޓްގައި ރާއްޖެއަށް އަންނާނީ ލަންކާއަށް ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި މީހުންނާއި، ފަތުރުވެރިންގެ ގޮތިގައި ލަންކާއަށް ގޮސް ނާދެވި ތިބި މީހުންނާއި، ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ މީހުންކަމަށެވެ.

ފްލައިޓްގެ ސީޓިންގ ކެޕޭސިޓީއަކީ ލިމިޓެޑް ކެޕޭސިޓީއެއްކަމުން އަންނަން ބޭނުންވާ ހުރިހާ އެންމެންނަށް ފުރަތަމަ ފްލައިޓުން ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެއްކަމަށް އެމިނިސްޓްރީއިން ބުނެއެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ފްލައިޓްތައް ކޮލޮމްބޯއިން މާލެއަށް ބާއްވާނެކަމަށްވެސް އެމިނިސްޓްރީއިން މައުލޫމާތުދެއެވެ.

ސްރީލަންކާގެ އިތުރުން ދިވެހިން ތިބި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގައި ކޮވިޑް-19ގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ހާލަތާއި ގުޅޭ ގޮތުން އުސޫލުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރެވޭނެ ކަމަށާއި ބޭރު ގައުމުތަކުން ރާއްޖެ އަންނަ ދިވެހިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާ އުސޫލެއްގެ މަތިން، ކަނޑައަޅާ މުއްދަތަކަށް ކަރަންޓީން ކުރެވޭނެކަމަށްވެސް މައުލޫމާތުދެއެވެ.

ރާއްޖެއިން މީގެ ކުރިންވެސް ވަނީ އެކި ސަބަބުތަކާހުރެ، ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތްް ކޮށްފައެވެ. އަދި މިހާލަތާއި ގުޅިގެން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވަލުމުގެ މަސައްކަތްވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: