ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 64 މީހަކު ބަލިން ރަނގަޅުވެއްޖެ، ބަލި ޖެހުނީ އަލަށް 2 މީހަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ އިރުއޮއްސި 6ކުން ފެށިގެން މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް އައިއިރު އިތުރު 64 މީހަކު ކޮވިޑް-19 ބަލިން ރަނގަޅުވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

މިއާއެކު ބަލިން ފަސޭހަވި މީހުންގެ އަދަދު މިވަނީ 827އަށް އަރާފައެވެ.

އަލަށް މިބަލި ޖެހުނު ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވަނީ ދެ މީހަކަށެވެ. ފަހަކަށް އައިސް ހަދާ ޓެސްޓުތަކުގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ ސާމްޕަލްތައް މަދުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މިއީ މިފަހަކަށް އައިސް އެއްދުވަހާ މިހާ މަދުން މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

މިއާއެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ހުރީ 1،903ގައެވެ. މީގެ ތެރެއިން ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،066 މީހެކެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 1،082 މީހަކު ތިބިއިރު، ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 1،297 މީހަކު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: