ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ވިލެޖުގައި 7 މީހަކަށް އަންނަނީ ފަރުވާ ދެމުން: މަބްރޫކް

ކޮވިޑް ފެސިލިޓީ އައިޖީއެމްއެޗްއާއި ހަވާލުކުރުމުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އަށް ފަރުވަ ދިނުމަށް ގާއިމްކޮށްފައިވާ ޚާއްސަ މަރުކަޒު، ކޮވިޑް ވިލެޖުގައި 7 މީހަކަށް ފަރުވާ ދެމުން އަންނަކަމަށް އެންއީއޯސީ ހާމަކޮށްފިއެވެ.

މީޑީޔާތަކަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް އިމަޖެންސީ އޮަޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް ވިލެޖުގައި އާދިއްތަ ދުވަހުން ފެށިގެން ބަލި މީހުންނަށް ފަރުވާ ދެމުން އަންނަކަމަށެވެ. އެގޮތުން ޖުމްލަ ހަތް މީހަކަށް ފަރުވާ ދެމުންއަންނައިރު އެއެންމެންގެ ހާލުވެސް ރަނގަޅުކަމަށް މަބްރޫކް ވިދާޅުވިއެވެ.

މޮލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހުޅުމާލޭގައި ތަރައްގީކުރި ކޮވިޑް ވިލެޖު އައިޖީއެމްއެޗްއާއި ހަވާލުކޮށްފައިވަނީ މިދިޔަ މެއިމަހުގެ 24ވަނަ ދުވަހުއެވެ. މުޅި ރަމަޝާން މަހު މަސައްކަތުގައި ހޭދަކޮށްފައިވާއިރު، ކޮވިޑް ވިލެޖު އެއްކޮށް ނިންމާލާފައިވަނީ 55 ދުވަސް ތެރޭގައެވެ. ޖުމްލަ 350 މީހުންނާއިއެކު މިމަސައްކަތް ފެށިނަމަވެސް، ބައެއް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން މަސައްކަތް ފުރިހަމަކޮށްފައިވަނީ 76 ސިފައިން ކޮންސްޓްރަކްޝަން ސައިޓުގައި އައިސޮލޭޓްވެގެން ތިބެއެވެ.

މި ވިލެޖު ގާއިމްކޮށްފައިވަނީ ޖުމްލަ ފަސް ބްލޮކް ހިމެނޭގޮތަށެވެ. ބްލޮކް އޭގައި ހަތަރު ބުރި ހުންނައިރު މިބްލޮކްގައި 222 އެނދުހުރެއެވެ. ބީ ބްލޮކްގައި 68 އެނދު ހުންނައިރު ސީ ބްލޮކް ޚާއްސަކޮށްފައިވަނީ ހެލްތު ކެއާ ވޯރކާސްގެ އެކޮމޮޑޭޝަން އިމާރާތެއްގެ ގޮތުގައެވެ. އަދި ބްލޮކް ޑީ ޚާއްސަކޮށްފައިވަނީ ސަރވިސް ސެންޓަރެއްގެ ގޮތުގައެވެ. މިބްލޮކްގައި ލޯންޑްރީ ރޫމަކާއި އޮފީހަކާއި މީޓިންގ ރޫމެއް ހުރެއެވެ. އަދި ފަސް ވަނަ ބްލޮކް ނުވަތަ ޑީ ބްލޮކްގައި ހުންނަނީ ހިނަވާ ގެޔަކާއި އޮޓޯކްލޭވް މެޝިނެވެ.

މިމަސައްކަތުގައި ރައީސް އޮފީހުންނާއި، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެންޑީއެމްއޭ އަދި ވެމްކޯއިން ފޯރުކޮށްދިން އެހީތެރިކަން އެމްއެންޑީއެފް އިން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: