ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިރހެން ކުއްޖަކަށް ގޯނާ ކުރަމުންދިޔަ މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދިޔަ ދެމީހަކު ހައްޔަރުކޮށްފިއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިހިނގާ ޖޫން މަހުުގެ 4 ވަނަ ދުވަހު ނޯތު ޕޮލިސް ޑިވިޝަންގެ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދާ މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ.

އަދި އެމައްސަލައިގެ ތަހުގީގަށް މިހާތަނަށް އެނގުނު ގޮތުގައި އެކުއްޖާއަށް އެކިދުވަސް މަތިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްކަން އެނގިފައިވާ ކަމަށެވެ. އަދި މިމައްސަލއާ ގުޅިގެން ޖޫން މަހުގެ 9ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެއީ 28 އަހަރުގެ މީހަކާއި 37 އަހރުގެ މީހެއް ކަމަށް މައުލޫމާތު ލިބިއެވެ.

މިމައްސަަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ކުރާ ގޯނާގެ މައްސަލަތަކަކީ ފުލުހުން ޚާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންދާ މައްސަލަތަކެއްކަމަށް ފުލުހުން އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: