ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ރައީސް ޑރ.ވަހީދަށް މަގުމަތިން ދިމާކުރެއްވިކަމަށް އެމަނިކްފާނު ތުހުމަތުކުރައްވާ “އެކްޓިވިސްޓް ޖޯރޭ” އަކީ މިއީ!

ކުރިން ނޫސްވެރިކަމުގެ ދާއިރާގައި ފޮޓޯ/ވީޑިއޯ ކުރުމުގައި ހަރަކާތްތެރިވި އިބްރާހިމް ޖައުފަރު.. ރައީސް ޑރ.ވަހީދާއި މަގުމަތިން ދިމާކުރެއްވިކަމަށް ތުހުމަތުކުރެވޭ ފަރާތް..
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޑޜ. މުހައްމަދު ވަހީދް ހަސަން މަނިކާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ދިމާކޮށްހެދިކަމަށް ރައީސް ވަހީދު ތުހުމަތުކުރައްވާ “އެމްޑީޕީގެ އެކްޓިވްސްޓް ޖައުފަރު” އަކީ ކުރިން ނޫސްވެރިކަމުގެ ދާއިރާގައި ފޮޓޯ/ވީޑިއޯ ކުރުމުގައި ހަރަކާތްތެރިވި އިބްރާހިމް ޖައުފަރުކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

ސަންގާއި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ވަހީދު ވިދާޅުވީ “ޖައުފަރަކީ ކާކު ކަމެއް ނުދަންނަން” ކަމަށާއި، ނަމަވެސް އެތަނުގައި ހުންނެވި ބޭފުޅެއް “އެ ޖައުފަރު” އަކީ ކޮން ބޭފުޅެއްކަން ސާފުކޮށްދެއްވިކަމަށެވެ. އަދި އެއީ އެމްޑީޕީގެ އެކްޓިވިސްޓެއްކަމާއި އެހެން މައުލޫމާތުވެސް ސާފުކޮށްދެއްވިކަމަށެވެ. 

ރައީސް ޑރ. ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް، އެމަނިކުފާނަށް ހުތުރު ބަހުން އެއްޗެހި ކިޔާ ފުރަައްސާރަކުރި މައްސަލައެއް މިއަދު ހެނދުނު 07:07 ހާއިރު ފުލުހުންނަށްވަނީ ރިޕޯޓްކޮށްފައެވެ. މިމައްސަލާއިގުޅިގެން ރައީސް ޑރ.ވަހީދު ކުރެއްވި ޓްވީޓެއްގައިވަނީ އަނބިކަނބަލުންނާ އެކު ކަސްރަތުގައި އުޅުއްވަނިކޮށް އުސްފަސްގަނޑު ކައިރިން އެ ދެ ބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ގޮވީ އެމްޑީޕީގެ އެކްޓިވިސްޓް “ޖޯރޭ” ކަމަށެވެ. ބައެއް މީހުން ޖައުފަރުއަށް ޖައުހަރީގެ ނަމުންވެސް މުހާތަބްކުރެއެވެ.

https://twitter.com/DrWaheedH/status/1272012869203374081?s=20

ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ރައީސް ޑރ.ވަހީދާއި މަގުމަތިން ދިމާކުރި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސްވަނީ ރައީސް ވަހީދަށް ގުޅުއްވާ ކަންވީ ގޮތް ސާފު ކުރައްވާފައެވެ. 

ރައީސް ޑރ.ވަހީދާއި އެމްޑީޕީއާއި އެހާބޮޑު އަރާރުމެއް އުޅެނީ2008 ވަނަ އަހަރުު އުފެދުނު އެމްޑީޕީ އިއްތިހާދުގެ ވެރިކަން ދައުރު ނިމުމުގެ ކުރިން ފުރޮޅާލި ވަގުތު،2012 ވަނަ އަހަރު ފެބްރުއަރީ7 އިން ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ނައިބް ރައީސްގެ ގޮތުގައި ހުންނަވާ ރައީސްކަމާއި ހަވާލުވެ ހުންނަވާ ދައުރު ފުރިހަމަ ކުރެއްވުމުންނެވެ. އެމްޑީޕީއިން ބުނަމުން އައީ ވެރިކަން ބަދަލުކުރީ ބަޣާވާތަކުންކަމަށެވެ. ނަމަވެސް އެކަމަށް ނެގުނު ހާއްސަ ކޮމިޝަން، ކޯނީއިން ނިންމީ7 ފެބްރުއަރީ2012 ގައި ގެނެވުނީ ބަޣާވާތެއް ނޫންކަމަށެވެ. އަދި މިއަދުވެސް ސަރުކާރުގެ އެންމެ އިސް ސަފުގައި ތިބީ އެދުވަހު ވެރިކަން ބަދަލުކޮށް އިސް މަގާމްތަކުގައި ތިއްބެވި ފަރާތްތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: