ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީ މެންބަރު އަޝްރަފުގެ ސުލޫކީ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފު އެ ކޮމިޝަނުގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

އަޝްރަފުގެ މައްސަލަ  ފުލުހުންނަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށްވެސް ވަނީ ގެނެސްފައެވެ.

ރައްޔިތުންގެ މަޖިލީހާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އޭސީސީގެ މެންބަރުންނަށް ކޮމިޝަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާނުކުރެވޭނެ ކަމަށް މެންބަރުންގެ ޝަތުރުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ސިޓީގައި ވާ ގޮތުން އަޝްރަފް އޭސީސީ ސުލޫކީ މިންގަނޑާ ހިލާފުވެފައިވަނީ މިހާރުވެސް ހިނގަމުންދާ ވިޔފާރިތަކެއްގައި އޭނާގެ ހިއްސާ އޮތުމުންނެވެ.

އެގޮތުން ބިލްޑް ކްރާފް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގައި އަޝްރަފްގެ 50 ޕަސެންޓް ހިއްސާ އޮންނަ ކަމަށާއި އެމްއެމްއެސް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގައި އަޝްރަފްގެ 10 ޕަސެންޓް ހިއްސާ އޮތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފޯކަސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގައި އަޝްރަފްގެ 33 ޕަސެންޓް ހިއްސާ އޮންނަ ކަމަށާއި އަދި އެމްއެމްއެސް ހޯލްޑިންގްސްގެ ޑިރެކްޓަރެއްގެ އިތުރުން ބިލްޑް ކްރާފްޓުގެ މެނޭޖިން ޑިރެކްޓަރަކީވެސް އޭނާ ކަމަށް ސިޓީގައިވެއެވެ.

ސިޓީގައި ބުނެފައިވަނީ އޭސީސީގެ ގާނޫނުގައި ކޮމިޝަނުގެ މެންބަރަކު، ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެގެން ނުވާނެ ކަމަށް ބަޔާންކުރާ ކަމަށެވެ. އަދި އާމްދަނީ ހޯދުމުގެ މަސައްކަތެއްގައި އުޅުމާއި އަމިއްލަ ފަރާތެއްގެ ވަޒީފާ އަދާކުރާ މީހަކަށް ވެގެން ނުވާނެ ކަމަށް ގާނޫނުގައި ބުނާ ކަމަށް ސިޓީގައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ މާއްދާ (މެންބަރުންގެ ސުލޫކީ މިންގަނޑުތައް) ގައި ބުނެފައިވާގޮތުން ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް މެންބަރުން އަދާކޮށްގެން ނުވާނެ އެވެ.

އަޝްރަފު މެންބަރުކަމަށް އައްޔަނު ކުރެވޭ ހިސާބުން އަޝްރަފުގެ ހިއްސާތައް އެހެން ފަރާތަކަށް ބަދަލުކުރަންޖެހޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އަޝްރަފްގެ ސުލޫކީ މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިޔަފާރީގެ މުއާމަލާތެއް ހިންގާފައިވުމުގެ ސަބަބުން ތަހުގީގު ކުރި ޒާތުގެ މައްސަލައެއް ކަމަށާއި އެހެންވެ މި މައްސަލާގައި ޖިނާއީ އެއްވެސް ކުށެއް އެކުލެވޭނަމަ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކޮށްދެއްވުމަށް އެެދޭ ކަމަށްވެސް ސިޓީގައިބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: