ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށް އެދި ހުށަހެޅުއްވި ޤަރާރު ދިރާސާކުރުމަށް ފޮނުވައިފި

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ކުރަމުން އަންނަ އަނިޔާ ހުއްޓާލުމުގެގޮތުން، ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށް އެދި ހުށަހެޅުއްވި ޤަރާރު މަޖިލީހުން ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި މި އަހަރުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހެޅުއްވި މި ޤަރާރު މަޖިލީހުން ބަލައިގެންފައިވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވޯޓާއެކުގައެވެ. މި ގޮތުން މި ޤަރާރު ބަލައިގަނެ، ޤަރާރު ދިރާސާކުރުމަށް ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވާފައެވެ.

މި ޤަރާރު ހުށަހެޅުއްވުމުގެ މަޤުޞަދުތަކުގެތެރޭގައި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި، ޤާނޫނުގެދަށުން ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަތިކޮށްފައިވާ ފަރާތްތަކަށް، އެ މަސްއޫލިއްޔަތު ފިރިހަމައަށް އަދާކުރުމަށް ބާރުއެޅުމުގެ ގޮތުންކަމަށް މެންބަރު ޚައިތަމް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މިހާރަށްވުރެ ބޮޑަށް ދަޢުލަތުން އެ ފަރާތްތަކަށް ސަމާލުކަންދިނުމަށާއި، ދަޢުލަތުގެ ފެންވަރުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ދަޢުލަތުން ކުރާ ހޭދަތައް މިހާރަށްވުރެ އިތުރުކުރުމަށްކަމަށް ވެސް ޚައިތަމް ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީގެ ކޭސް ސްޓެޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުން 2018 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން، އެ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 2177 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، އޭގެތެރެއިން 1097 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައްކަމަށް ޚައިތަމްވަނީ ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލަތަކުގެތެރެއިން 314 މައްސަލައަކީ ކުޑަކުދިންނަށްކުރާ ޖިންސީ ހާނިއްކަކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމަށް ވެސް ޚައިތަމް ފާހަގަކުރެއްވިއެވެ. މި ގޮތުން ކުޑަކުދިންގެ ޙައްޤުތަކުއް ރައްކާތެރިކުރުމުގެ ޤާނޫނުގެ މަޤުޞަދު ހާސިލުކުރުމަގެ ގޮތުން ކުޑަކުދިންގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ގިނަ ކަންތައްތަކެއް އިސްލާހުކުރަންޖެހޭކަމަށް ޚައިތަމް ވިދާޅުވިއެވެ. އަދި ކުދަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ހޯދުމަށްޓަކައި، އިންސާނީ ވަސީލަތްތައް އިތުރުކޮށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކަމުގެ ދާއިރާއިން ފަންނީ މާހިރުން އިތުރުކުރުމަށް ވެސް ހައިޠަމްވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ފޮސްޓަރ ކެއަރގެ ދާއިރާއަށް ދައުލަތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ، އަނިޔާލިބިފައިވާ ކުޑަކުދިން ވީހާވެސް އަވަހަކަށް ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގެ ކަންކަން އިންތިޒާމުކުރުން ހަރުދަނާ އުސޫލެއްގެމަތިން ކުރުމަށްވެސް ޚައިތަމް ވަނީ ހުށަހަޅާފައެވެ.

މިއަދުގެ ޖަލްސާގައި ޤަރާރަށް ވާހަކަދެއްކެވި ހުރިހައި މެންބަރުން ވެސް ވަނީ، ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަކީ މުޖުތަމަޢުގައި އޮތް ނުރައްކާތެރި މައްސަލައެއްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަކީ ވަގުތުން ވަގުތަށް ހައްލުކުރަންޖެހޭ މައްސަލަތަކެއްކަމަށް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: