ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހުލާގީ މައްސަލަތަކެއްގަައި އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އަންގަވައިފި

ކުރީގެ ޓޫރިޒަަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަޚުލާގީ މައްސަލައެއްގެ ތުހުމަތު ކުރެވޭތީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވަން އަލީ ވަހީދަށް ރައީސް އަންގަވާފައިވަނީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެ މަނިކުފާނަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ ކަމަށެވެ.

https://twitter.com/MvSpokesperson/status/1280902497838624769

ޓުއަރިޒަމް މިނިސްޓަރ އަލޯ ވަހީދުގެ ޝަކުވާތަކެއް ޖެންޑަރ މިނިސްޓްތީއަށް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވިއިރު ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ޖެންޑަރ މިނިސްޓަރ ޢައިޝަތު މުހައްމަދު ދީދީއާއި މިހަފްތާ ތެރޭގައި ވަނީ ބައްދަލުކޮށްފައެވެ. އަދި ޓުއުރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް މިއަދުގެ ހަވީރުގެ ވަގުތެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި ބައްދަލުކޮށްފައިވާކަން އިތުބާރުހުރި މަސްދަރުތަކުން ވަނީ “ސަންގު” އަށް ކަށްވަރުކޮށްދީފައެވެ. 

އަހުލާގީ މައްސަލަތަކެއްގައި އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް ސާލިޙް އަންގަވާފައިވާއިރު  މި ސަރުކާރުގެ ބައެއް އަންހެން ވަޒީރުންނަށް ނިސްބަތްކޮށް ހުތުރު ވާހަކަތަކެއް ދެއްކި އޯޑިއޯތަކެއްވެސް ވަނީ ލީކްކޮށްފައެވެ. އެ އޯޑިއޯތަކުގައި އަލީ ވަހީދު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ގުޅޭގޮތުން ވަރަށް ބޭއަދަބީ ވާހަކަތައް ވަނީ ދައްކާފައެވެ. އަދި މި ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްވެސް ވާހަކަދައްކާފައިވެއެވެ.

އެކަމާއި ގުޅިގެންވެސް އަލީ ވަހީދު މަގާމުން ދުރުކުރުމަށް ގިނަ ބަޔަކު ރައީސް ސޯލިހަށް ވަނީ ގޮވާލާފައެވެ. އެ އޯޑިއޯގެ މައްސަލަ ބެލުމަށް ނަހުލާ ވަނީ ރައީސް ސޯލިހަށް ދަންނަވާފައެވެ. އަދި އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: