ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުއިރުމައްޗަށް ރާއްޖޭގެ ރީތިކަމުގެ ވާހަކަ އިސްތިޙާރުކުރުމަށް “މާލްދީފް.ކޮމް” އިފްތިތާޙް ކޮށްފި

މާލްދީފް ގުރޫޕްގެ ޗެއާމަން ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމައްޗަށް ރާއްޖޭގެ ރީތިކަމުގެ ވާހަކަ އިސްތިޙާރުކުރުމަށް “މާލްދީފް.ކޮމް” އިފްތިތާޙް ކޮށްފި އެވެ.

މި ވެބްސައިޓްވަނީ ފޭސްބުކް ލައިވް މެދުވެރިކޮން އިފްތިތާޙްކޮށްފައިވަނީ މާލްދީފް ގުރޫޕްގެ ޗެއާމަން ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގެ ހާއްސަ ޚިތާބަކާއިއެކު އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްވެ ހުންނަވައިގެން ފެއްޓެވި މާލްދީފް ގުރޫޕްގެ ފަރާތުން ލޯންޗުކޮށްފައިވާ ވެބްސައިޓަކީ ކޮރޯނާގެ ސަބަބުން ޓޫރިޒަމްގެ ޞިނާޢަތަށް ގެއްލުންވެ ރާއްޖޭގެ އިޤުތިޞާދު އަލުން ކޮޅަށް ޖަހައި ރާއްޖޭގެ އިޤުތިޞާދު ބިނާކުރުމަށް ވަޠަނީ މަސްއޫލިއްޔަތުގެ ދަށުން ޤައުމަށް އެހީވުމަށްފެއްޓެވި މަސައްކަތެއްކަމަށް ބުނެފައިވެއެވެ.

މާލްދީފް ވެބްސައިޓްގައި ހިމެނެނީ ރާއްޖެއާއިބެހޭ ޚަބަރާއި މައުލޫމާތެވެ. ރާއްޖޭގެ ހާއްސަ ތަންތަނާއި ބެހޭ މައުލޫމާތު ޢަރަބި ބަހުން ގެނެސްދީފައިވެއެވެ. އަދި މީގެ އިތުރުން ރަށްރަށުގެ މައުލޫމާތުވެސް ވަކި ރަށްރަށް ހާއްސަކޮށްގެން ގެނެސްދިނުމަށް ވަނީ ފަށާފައެވެ. މި ސައިޓްގެ ކޮލަމިސްޓުންގެ ބައިގައި ދިވެހިރާއްޖެ ލިޔުންތެރިންވެސް ޢަރަބި ބަހުން ލިޔުންތައް ލިޔަމުންދާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

މި ހިތާބުގައި ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މާލްދީފް ވެބްސައިޓާއި މާލްދީފް ގްރޫޕްގެ ސޯޝަލްމީޑިޔާގެ އެންމެހާ އެހެނިހެން ޕްލެޓްފޯތަކެއް ޢަރަބި ބަހުން އިފްތިތާޙު ކުރުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއްކަމަށާއި މި ޕްލެޓްފޯމްތައް ހުޅުވިގެން މިދަނީ ދިވެހިރާއްޖޭގެ ވާހަކަ ޢަރަބި ދުނިޔެއަށް ފޯރުކޮށް ދިނުމަށްކަމަށެވެ.

މިއީ ތާރީޚުގައި މިގޮތައް މިކަން ކުރެވޭ ފުރަތަމަ ފަހަރުކަން ފާހަގަ ކުރަމުން ޑރ ޝަހީމް އިތުރަށް ބުނެފައިވަނީ މިވެބްސައިޓުގެ މަޤުޞަދަކީ ޢަރަބި އެކުވެރިންނާ ހަމައަށް އަމިއްލަ ބަހުން ރާއްޖޭގެ ވާހަކަ ގެންގޮސް ދިނުންކަމަށާއި ރާއްޖެ ތަޢާރަފްކޮށް ރާއްޖޭގެ ތާރީޚައި ތަންތަނާއި ރަށްތަކާއި ރިޒޯތްތަކުގެ ވާހަކަ ކިޔައި ދިނުން ކަމުގައި ފާހަގަކުރިއެވެ. ައަދި މަސައްކަތްކުރަނީ ތިޔަ ބޭފުޅުން ރާއްޖެ އައުމުގެ މަގު ފަސޭހަކޮށްދީ އެކަމަށްޓަކައި ފާލަން އެޅުންކަމަށާއި އުންމީދަކީ އަރަބިންގެ އެންމެ މަޤްބޫލް މަންޒިލަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެވުން ކަމުގައި ފާހަގަ ކުރިއެވެ.

މާލްދީފް ވެބްސައިޓްގައި ހިމެނެނީ ރާއްޖެއާއިބެހޭ ޚަބަރާއި މައުލޫމާތެވެ. ރާއްޖޭގެ ހާއްސަ ތަންތަނާއި ބެހޭ މައުލޫމާތު ޢަރަބި ބަހުން ގެނެސްދީފައިވެއެވެ. އަދި މީގެ އިތުރުން ރަށްރަށުގެ މައުލޫމާތުވެސް ވަކި ރަށްރަށް ހާއްސަކޮށްގެން ގެނެސްދިނުމަށް ވަނީ ފަށާފައެވެ. މި ސައިޓްގެ ކޮލަމިސްޓުންގެ ބައިގައި ދިވެހިރާއްޖެ ލިޔުންތެރިންވެސް ޢަރަބި ބަހުން ލިޔުންތައް ލިޔަމުންދާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

ޢަރަބި ދުނިޔޭގެ ބޭފުޅުންގެ ލިޔުންތައްވެސް ހިމަނާފައިވާނެކަމަށާއި އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާ، މިސްރު، އަލް ޖަޒާއިރު، ސީރިޔާ ފަދަ ޤައުމުތަކުގެ ބޭޅުންގެ ލިޔުއްވުން މިހާރުވެސް ސައިޓްގައި ހިމެނިފައިވާނެކަމަށް މަޢުލޫމާތު ދީފައިވެއެވެ. މިއީ އެބޭފުޅުން ރާއްޖެ ވަޑައިގެން ކުރެވުނު ތަޖުރިބާ ޢަރަބި ބަހުން ލިޔެފައިވުމުން މިކަން ވެގެންދާނީ ރާއްޖެ ޕްރޮމޯޓް ކުރުމަށް އެޅޭ ބާރަކަށްކަމުގައި ޔަޤީނެވެ.

މިވެބްސައިޓް ފެށިގެންދާއިރު މިހާރުވެސް ފޭސްބުކް، ޓްވިޓާރ އަދި އިންސްޓަރގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ޢަރަބި އެތައް ފޮލޯވާރސް އިން ފޮލޯ ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. މާލްދީފް.ކޮމް ހިންގަމުން އަންނާނީ މާލްދީފް ގްރޫޕްއިންނެވެ. އެގުރޫޕްގެ ޗެއާރމަން އަކީ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، މެނޭޖނިންގ ޑިރެކްޓަރ އަކީ އަލީ އަހްސަން އަދި ޑިރެކްޓާރ އަކީ އިބްރާހިމް އަޝްވާގު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: