ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީން ކުރިޔަށް ގެންދާ ޕްރޮޖެކްޓުތަކުގެ ތަފްސީލް ނައިބް ރައީސް ބައްލަވާލައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް އެމްޓީސީސީގެ އިސްވެރިންނާ ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސް ފައިސަލް ނަސީމް އެމްޓީސީސީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ކުންފުނިން ކުރިޔަށް ގެންދާ ފުވައްމުލައް ސިޓީގެ އެތެރެ މަގުތައް ހެދުމުގެ މަޝްރޫޢުއާއި ހދ. ހަނިމާދޫ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢު ކުރިޔަށް ދާ ގޮތް ބައްލަވާލައްވައިފިއެވެ.

މިއަދު އެމްޓީސީސީ ހެޑް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ފައިސަލް ވަނީ އެމްޓީސީސީއާއި މިހާރު ހަވާލުކޮށް ކުރިޔަށް ދާ މަޝްރޫއުތަކުތުގެ އެންމެ ފަހުގެ ތަފްސީލުތައް ބައްލަވާލައްވާފައެވެ. އަދި އެ މަސައްކަތް ކުރިޔަށް ދާ ގޮތް އޮޅުން ފިލުއްވާފައެވެ.

ބައްދަލުވުމާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް އެމްޓީސީސީން ބުނެފައިވަނީ، ކުންފުނިން ކުރިޔަށް ގެންދާ ފުވައްމުލައް ސިޓީގެ އެތެރެ މަގުތައް ހެދުމުގެ މަޝްރޫޢުއާއި ހދ. ހަނިމާދޫ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢު ކުރިޔަށް ދާ ގޮތް ފައިސަލް ބައްލަވާލެއްވި ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ނިމިފައިވާ މަސައްކަތުގެ މައުލޫމާތު ބެއްލެވި ކަމަށެވެ.

އެމްޓީސީސީން ބުނެފައިވަނީ މަޝްރޫއުއެއް ހަވާލު ކުރާއިރު ވަކި މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމަން ޖެހޭ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިޔަށް ގެންދަނީ ފަރުވާތެރިކަނާއު އެކު، ކޮލިޓީ ވެސް ހިފަހައްޓައިގެން ކަމަށެވެ. މަސައްކަތްތައް ކަނޑައެޅިފައިވާ ތާރީހަށް ނިންމާ، މަޝްރޫޢުތައް ކުރިޔަށް ގެންދާއިރު ފެންވަރު ހިފެހެއްޓުމާއެކު ބާރު ސްޕީޑްގައި މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަމާލުކަން ދޭނެ ކަމުގެ ޔަގީންންކަން އެމްޓީސީސީގެ ފަރާތުން ނައިބް ރައީސަށް ދެއްވާފައިވާނެކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ބައިވެރިވަޑައިގެންފައިވަނީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް އާއި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލައް ސިޓީ އަދި ހަނިމާދޫ ދާއިރާގެ މެންބަރެވެ.

https://twitter.com/MTCCPlc/status/1284435586552459265

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ ޕްރޮޖެކްޓުތަކުގެ ތެރޭގައި ފުޓުބޯޅަ ދަނޑު ހެދުމާއި، ބަނދަރު ހެދުން، ފަޅު ފުން ކުރުން، އެއާޕޯޓުތަކުގެ މަސައްކަތް، އަދި މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ. އާޒިމް ވަނީ ކުޅުދުއްފުށީގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތަށް ވެސް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ. މި ޕްރޮޖެކްޓުތަކުގެ އަޕްޑޭޓު ކޮންމެ ހަފްތާއެއްގައި ބާއްވާ ބައްދަލުވުންތަކުން ހޯދާއިރު ސިސްޓަމް މެދުވެރިކޮށް ހުރިހާ ޕްރޮޖެކްޓުތަކެއްގެ މަސައްކަތް ކުރިޔަށްދޭ ގޮތް އޭނާއަށް ބެލޭކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވ ކޮވިޑާއި ގުޅިގެން ގައުމުގެ އިގްތިސޯދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައި ވާ ކަމަށެވެ. އަދި ގެއްލުންތަކެއް ވެސް ލިބެމުންދާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ވިސްނުމަކީ މަޝްރޫއުތަކާއި، ޕްރޮޖެކްޓުތަކުގައި އެއްވެސް މަޑުޖެހުމެއް ނެތި ކުރިޔަށް ދިޔުންކަމށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިވަގުތު އެމްޓީސީސީއާއި 08 ބިލިއަން ރުފިޔާއާއި، 2،500 މިލިއަން ރުފިޔާގެ މަސައްކަތުގެ ޕްރޮޖެކްޓުތައް ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: