ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޒިޑެންސް ވިސާގެ އިސްލާހަށް އާދަމް ޝަރީފް: މިއީ “ވޯރާ ވިޔަފާރި” އަލުން އިޔާދަވެ، ވަކި ބައެއް މުޅި ގައުމު ހިސޯރު ކުރުންފަދަ ކަމެއް!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅާފައިވާ އިސްލާހަކީ “ވޯރާ ވިޔާފާރިވެރިން” ރާއްޖެ ނައިނަމަވެސް އެގޮތަށް ރާއްޖެ ހިސޯރުކޮށް ރާއްޖޭގެ ބާޒާރުތަކުގައި އެބައެއްގެ މުޅި ވިޔަފާރި ފެތުރިގެން ދިއުންކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މަޖިލީހުގެ މަޑުވައްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެހެން ނަމަވެސް އެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބިލަށް އިތުރު އިސްލާހުތަކެއް ގެންނަން ހުށަހަޅާ އަލުން ކޮމިޓީއަށް ފޮނުވާލާފައެވެ.

ރައީސް ނަޝީދު ހުށަހެޅުއްވީ ބިލްގެ 07 ވަނަ މާއްދާގެ ކުރިއަށް މާއްދާއެއް އިތުރުކުރުމަށެވެ. އެގޮތުން ރެސިޑެންޓް ވިޒާއަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީއެއް ނުވަތަ ދިވެހިރާއްޖޭގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ދިނުމަށް ހުށައަޅާފައެވެ.

ޕީޕީއެމް، ޕީއެންސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ، މި އިސްލާހަކީ މިއީ ސީދާ ބޭރުގެ އިސްތިއުމާރީ ނުފޫޒުތައް ރާއްޖެއަށް ވަރަށް ބޮޑަށް އަންނަމުން އައިސް، ދެން “ގައިގަ އަތް ލުމާ ހިސާބަށް އައިކަން” ދޭހަވާ އިސްލާހެއް ކަމަށެވެ. މި އިސްލާހު ފާސްވެއްޖެނަމަ މުޅި ގައުމިއްޔަތަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އަދި ރާއްޖޭގައި މިހާރުވެސް ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާ ރައްޔިތުންނަށް އޭގެ ނެދޭވެ އަސަރުތައް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

މި އިސްލާހުގެ އަސަރު އެންމެ ބޮޑަށް ކުރާނީ، ކުދި ވިޔަފާރިތަކަށް ކަމަށާއި ރާއްޖޭގައި މީގެ ކުރިން ވެސް ތާރީހުގައި ވޯރާ ވިޔަފާރިވެރިންގެ ވާހަކަ ފާހަގަވެފައި އޮންނާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭރު ރާއްޖެއަށް އެކަމުގެ ނޭދެވޭ ވަރަށް ގިނަ އަސަރުތަކެއް ކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވޯރާ ވިޔަފާރީގެ ސަބަބުން ރާއްޖޭގެ މުޅި އިގްތިސޯދު ބޭރު ބައެއްގެ އަތްމައްޗަށް ދިޔަކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ “ވޯރާ ވިޔާފާރިވެރިން” ރާއްޖެ ނައިނަމަވެސް އެގޮތަށް ރާއްޖެ ހިސޯރުކޮށް ރާއްޖޭގެ ބާޒާރުތަކުގައި އެބައެއްގެ މުޅި ވިޔަފާރި ފެތުރިގެން ދާނެކަމަށެވެ. އަދި އޭގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ އިގްތިސޯދު އަނެއްކާވެސް ފުނޑިގެން ދިއުން ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރެއް ކުރާ ކޮންމެ ފަހަރަކީ އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތު އެހެން ބައެއްގެ ނުފޫޒުގެ ތެރެއަށް ވެއްޓިގެންދާނެ އަމަލެއް ކަމަށެވެ.

“މިއަދު އަޅުގަނޑު ހަމަ ސީދާ މަޖްލިސްގެ ރައީސަށް ގޮވައިލަން، މި ހުށަހަޅާފައި އޮތް އިސްލާހު މި ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް ޓަކައި އަދި މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތާއި އަޅުގަނޑުމެންގެ މި ގައުމުގައި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ޓަކައި އަނބުރާ ގެންދިއުމަށް. އެއީ އަޅުގަނޑު ދެކޭ ގޮތުގައި މި ވަގުތި ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ…. މި ނޫން ގޮތަކަށް މިކަން ގޮސްފިނަމަ ބޭކާރު އެތައް ވަގުތުތަކެއް ރައްޔިތުންގެ އެތައް އެނާޖީއެއް މިކަމަށް ވޭސްޓު ކުރަންޖެހި، މިކަމަށް މުޅި ގައުމު ހަލަބޮލި ކަމެއްގެ ތެރެއަށް ހިނގައިދާނެ” އާދަމް ޝަރީފް

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންގެ ބައްދަލްވުމުގައި މެމްބަރުން މި އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި އިސްލާހާއި މެދު ހިތްހަމަނުޖެހިގެން ވާހަކަ ދެއްކެވި މެމްބަރުން ތެރޭގައި އެމްޑީޕީއަށް ނިސްބަތް ވާ މެމްބަރުން ވެސް ހިމެނެއެވެ. ކޮމިޓީގައި މެންބަރުން ވިދާޅުވީ ރައީސް ނަޝީދު އެދިވަޑައިގެންނެވި ގޮތަށް އިސްލާހުތައް ގެނެސްފިނަމަ އޭގެ ނާޖައިޒު ފައިދާ ނަގާނެ ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރިއެވެ.

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފައިގެން އުޅޭ ބިދޭސީއަކަށް ރެޒިޑެންޓް ވިސާ ދިނުމަށް ނަޝީދު ބޭނުންފުޅުވުމުން، ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: