ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނާއި ނޭޝަނަލް އައިޑެންޓިޓީއަށް ނުރައްކާ ގާނޫނެއް ނުހެދޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

ރައީސް މުހައްމަދު ނަޝީދާއި ޑރ. އަހުމަދު އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވަނިކޮށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އެންމެ މަތީ މަޞްލަހަތާ ގުޅިފައިވާ ދީނާއި، ނޭޝަނަލް އައިޑެންޓިޓީ އަށް ނުރައްކާވާ ގޮތަށް ޤާނޫނު ހެދުމުގެ ބާރު އެއްވެސް ބަޔަކަށް ލިބިގެން ނުވާކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހާއި ގުޅިގެންނެވެ. އެގޮތުން އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓުގައި ވަނީ އެ އިސްލާހަކީ ގައުމުގެ ދީނާއި ނޭޝަނަލް އައިޑެންޓިޓީއަށް ނުރައްކާވާ އިސްލާހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެހެން ނަމަވެސް އެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބިލަށް އިތުރު އިސްލާހުތަކެއް ގެންނަން ހުށަހަޅާ އަލުން ކޮމިޓީއަށް ފޮނުވާލާފައެވެ.

ރައީސް ނަޝީދު ހުށަހެޅުއްވީ ބިލްގެ 07 ވަނަ މާއްދާގެ ކުރިއަށް މާއްދާއެއް އިތުރުކުރުމަށެވެ. އެގޮތުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީއެއް ނުވަތަ ދިވެހިރާއްޖޭގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ދިނުމަށް އެ އިސްލާހުގައި ވަނީ ހުށައަޅާފައެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންގެ ބައްދަލްވުމުގައި މެމްބަރުން މި އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި އިސްލާހާއި މެދު ހިތްހަމަނުޖެހިގެން ވާހަކަ ދެއްކެވި މެމްބަރުން ތެރޭގައި އެމްޑީޕީއަށް ނިސްބަތް ވާ މެމްބަރުން ވެސް ހިމެނެއެވެ. ކޮމިޓީގައި މެންބަރުން ވިދާޅުވީ ރައީސް ނަޝީދު އެދިވަޑައިގެންނެވި ގޮތަށް އިސްލާހުތައް ގެނެސްފިނަމަ އޭގެ ނާޖައިޒު ފައިދާ ނަގާނެ ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ ގޮތުގައި މެމްބަރުން ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: