ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ ސަބަބުން އެތައް ގެއްލުމެއް ވެއްޖެ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ވިޔަސް ރައްޔިތުންނަށް އެހީވާން ޖެހޭ: ޖާބިރު

ކޮވިޑުގެ ސަބަބުން ރައްޔިތުންނަށް ވަނީ މާލީގޮތުން އެތައް ދަތިތަކަކާއި ކުރިމަތިލާން ޖެހިފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވެ، ރައްޔިތުންނަށް މަލީ ދަތިތައް ދިމާވެފައިވާއިރު ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ވިޔަސް ރައްޔިތުންނަށް އެހީވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަފިއެވެ.

ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެ ގާރާރުގައި ވަނީ ކޮވިޑާއި ގުޅިގެން ވިޔަފާރިތަކަސް ލިބިފައިވާ ގެއްލުންތައް އެސެސްކޮށް ވިޔަފާރިތައް އަލުން އިޔާދަކުރުމަށް ސަރުކާރުން އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހި ރާއްޖޭގެ އިގްތިސޯދު އަޑިއަޅާލައިވާ މި ދަނޑިވަޅުގައި ދިވެހި ރާއްޖޭގެ އިގްތިސޯދު ނެގެހެއްޓުމަށް ރާއްޖޭގެ އެންމެހައި ސިނާއަތްތަކުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގެއްލުންތައް އިޔާދަކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

ޖާބިރުގެ ގަރާރުގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދުނިޔޭގައި ހަލުވިކަމާއި އެކު ކޮވިޑު19 ފެތުރެމުން އައިސް ދުނިޔޭގެ ވައިގެ ބަނދަރުތައް ހުއްޓި ނިމިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރެވުނުއިރު ވެރިރަށް މާލެ ސިޓީ އޮތީ ލޮކްޑައުންއެއްގައި ކަމަށެވެ.

މުޅި މާލެ ސިޓީ ހުއްޓުމަކަށް އައިސް ފަތުރުވެރިކަމުގެ ސިނާއަތުގެ ދަށުން ހިނގަމުންދާ ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި، ސުވެނިއާރ ޝޮޕްތަކުގެ އިތުރުން ދިވެހި އިގްތިސޯދުގެ ކުދި މެދު އަދި ފުޅާ ދާއިރާއެއްގައި ހިނގަމުންދާ އެންމެހާ ވިޔަފާރިތައް ކުއްލި ގޮތަކަށް ހުއްޓެން ޖެހުމުން މުޅި އިގްތިސޯދަށް ލޮޅުން އައިސް އިނދަޖެހިފައިވާ ކަމަށެވެ.

https://twitter.com/drpmaldives/status/1289865429146406913

ގަރާރުގައި ބުނެފައިވަނީ، އެތައް ދަތިތަކެއް ކުރިމަތިލާން ޖެހިފައިވާ މި ވިޔަފާރިތަކަކީ ދިވެހި އާއިލާތަކާއި ގުޅިފައިވާ، އަދި ޒަމާނުއްސުރެ ވިޔަފާރިތައް ކުރަމުންދާ އާއިލާތަކެއް ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުން މިއަދު ހާލުގައި ޖެހި، އެތައް އާއިލާއަކަށް މާލީ ދަތިތައް ދިމާވެ، ދުވަހުގެ ކޮއްތު ހޯދަން ވެސް އުނދަގޫވާ އަނދަވަޅަކަށް ރާއްޖެ ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިހާލުން ސަލާމާތްކޮށް، އެކަމުގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރަންޖެހުނަސް އެ މައްސަކަތް ވެސް ކުރަންޖެހޭކަމަށް ޖާބިރުގެ ގަރާރުގައި ވެއެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ ގަރާރުގައި ބުނެފައިވަނީ ވިޔަފާރިތަކަށް ލިބުނު ގެއްލުންތައް ރަނގަޅަށް ދެނެގަނެ، ގެއްލުންތައް އިޔާދަ ކުރުމަށް ދިވެހި ސަރުކާރުން އެތައް މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ޖާބިރު ހުށަހެޅުއްވިއިރު، ލޮކްޑައުންއަށްފަހު އެޅި ފިޔަވަޅުތަކުން ވަނީ ލުއިތަކެއް ދީފައެވެ. އަދި އިގްތިސޯދުގެ މަސައްކަތްތައް ފެށި، އާއްމު ވިޔަފާރިތައް ވެސް ވަނީ ފަށާފައެވެ. އެހެން ނަމަވެސް މި މުއްދަތުގެ ތެރޭގައި އެތައް ދިވެހީންނަކާއި، ޒުވާނުންގެ ވަޒީފާތައް ވަނީ ގެއްލިފައެވެ. އަދި އާއިލާތަކަށް އާމްދަނީ ލިބޭ ވަސީލަތްތައް ވަނީ މެދުކެނޑިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: