ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިރުވެރި އަދަދެއް، މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 215 އަށް، މީގެ ތެރޭ 149 ދިވެހިން!

ކޮވިޑަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދުތައް މައްޗަށް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ ލުއިތަކަށް ފަހު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 215 އަށް މިއަދު އަަރައިފިއެވެ.

މިވޭތުވެ ދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އަދި ލޮކްޑައުންގެ ލުއިތަކަށް ފަހު، މިއީ އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނުނު ދުވަހެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓު ކުރި މީހުންގެ ތެރޭގައި 149 ދިވެހިން ހިމެނެއެވެ. އަދި ބަންގްލަދޭޝްގެ 54 މީހަކާއި، އިންޑިއާގެ 07 މީހެއް، އަދި ސްރީލަންކާގެ 02 މީހަކާއި، ނޭޕާލްގެ 02 މީހެއް އަދި އިންޑޮނޭޝިއާގެ ރައްޔިތަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މާލެ ސިޓީގައި ކޮވިޑު ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓައަކާއި ގުޅުމެއް ނެތް އިންޓިޕެންޑެންޓް ކޭސްތަކެވެ. ނުވަތަ ބަލި އެރީ ކާކުގެ ފަރާތުންކަން ނޭނގޭ ކޭސްތަކެވެ. އަދި މިކަމުގެ ކަންބޮޑުވުންތައް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް ވަނީ ހިއްސާކޮށްފައެވެ. ހާއްސަކޮށް، ޕޮޒިޓިވްވާ ގިނަ މީހުންގެ މޫވްމެންޓުތައް ގިނަވުމާއި، އާއްމުން ގިނައިން އެއްވާ ތަންތަނަށް ދިއުން އަދި ޕާޓީތައް ބޭއްވުމާއި މަސް ދަތުރު ދިއުން ފާހަގަކުރެވެއެވެ.

ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އިތުރުވުމާއި ގުޅިގެން، ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވެސް މަޝްވަރާކޮށްފައިވެއެވެ. ނަމަވެސް، އެއީ ކޮން ފިޔަވަޅުތަކެއްކަމެއް ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ ރަށްތަކުގައި ހޯމް ކަރަންޓީނުގައި ތިބޭ މީހުން ވެސް ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން މިހާތަނަށް މާލެ ފިޔަވައި 10 ރަށަކުން ވަނީ ކޮވިޑުގެ ކޭސްތައް ފެނިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: