ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހުގެ 09 އިން ފެށިގެން ސަރުކާރު އިދާރާތަކުގައި ޢަމަލުކުރަންޖެހޭ އުސޫލު ޢާންމުކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މުވައްޒަފުން ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސް މިއަދު އެންގެވި. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އާދިއްތަދުވަހުން ފެށިގެން ފެށިގެން ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ޢާންމުކޮށްފިއެވެ.

މި މަހުގެ 09 ވާ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ރައީސް ޞާލިޙް ޢާންމުކުރައްވާފައިވަނީ ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އެ ކަން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

މި ގޮތުން ކޮވިޑް-19 ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ދިނުމުގައި ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރެވޭނެ ގޮތް ހަމަޖެއްސަވަންވާނެކަމަށް ރައީސް އެންގެވިއެވެ.

މީގެ އިތުރުން މިނިސްޓަރަކު ނުވަތަ އިދާރާގެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ވީހާވެސް މަދު މުވައްޒަފުން އޮފީހަށް ނެރުމަށް އިސްކަންދޭންވާނެކަމަށް ވެސް ރައީސް އަންގަވާފައިވެއެވެ. އަދި މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން  ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް މަސައްކަތްކުރުމަށް ވެސް އެންގެވިއެވެ.

ހަމައެއާއެކު ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމަށާއި އިތުރުގަޑީގައި މުވައްޒަފުން މަސައްކަތަށް ނުނިކުންނަ ގޮތަށް މަސައްކަތްތައް ރާވަންވާނެކަމަށެސް އެންގެވިއެވެ.

އޭގެ އިތުރުން ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 14:00 ގެ ފަހުން އޮފީސް ނުހުޅުވުމަށް ވެސް އެންގެވިއެވެ.

ނަމަވެސް ހާލަތުގެ ގޮތުން މެންދުރު 14:00 ގެ ފަހުން އޮފީސް ހުޅުވަންޖެހުނަސް ލަސްވެގެން ހަވީރު 16:00 އަށް ބަންދުކުރަން ވެސް އަންގަވާފައިވެއެވެ.

ހަމައެހެންމެ އިދާރާތަކުގައި މަސައްކަތްކުރާއިރު ޞިއްޙީ ގޮތުންނާއި، ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާޢީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އަންގަވާފައިވެއެވެ.

އޭގެ އިތުރުން ކަރުދާހުގެ ޚަރަދާއި ޕްރިންޓްކުރުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް ޢަމަލުކުރުމަށާއި ލިޔެކިޔުންތައް ޑިޖިޓަލައިޒް ކޮށްގެން ޕޭޕަރލެސް މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތްކުރުމަށް ވެސް އަންގަވާފައިވެއެވެ.

މި ފިޔަވަޅުތަކުގެ އިތުރުން ރައީސް ޞާލިޙް ވަނީ
ކޮވިޑާއި ގުޅިގެން ދުނިޔޭގެ އިޤުތިޞާދަށް ކުރަމުން އަންނަ ނޭދެވޭ އަސަރުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށާއި ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމަށް އަންގަވާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ކޮވިޑް ކޮންޓްރޯލްކުރުން ކަމަށްވާތީ ޒަަރޫރީ ބޭނުމެއްގައި މެނުވީ މުވައްޒަފުން ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި އެޗްޕީއޭގެ މިންގަނޑުތަކަށް ބޯލެނބުމަށް ވެސް ރައީސް ޞާލިޙް ވަނީ އަންގަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: