ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރެއްވުމަށްޓަކައި ދެ ބޭފުޅެއްގެ ނަން ރައީސް ޞާލިޙް ހުށަހަޅުއްވައިފި

ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅުން ޢައްޔަންކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސްއަށް ނަން ފޮނުއްވާފައިވާކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. މި ގޮތުން ޖޭއެސްސީގެ މަޝްވަރާ ހޯއްދެވުމަށް އެ ކޮމިޝަނަށް ރައީސް ޞާލިޙް ފޮނުއްވެވީ ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ނަމެވެ.

ޤާނޫނަށް ގެނައި ބަދަލާއެކު ސުޕްރީމް ކޯޓުގެ ބެންޗް ހަތަކަށް އިތުރުކޮށްފައިވާއިރު ދެ މަޤާމަށް ފަނޑިޔާރަކު ޢައްޔަންނުކުރައްވާތާ 01 އަހަރު ފާއިތުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބަވާ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ޑރ. އަޒްމިރާލްދާ ޒާހިރާއި އަލްއުސްތާޛު ޢާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.

ރައީސް ޞާލިޙް ދެ ބޭފުޅެއްގެ ނަން މިއަދު ޖޭއެސްސީއަށް ފޮނުވާފައިވާއިރު މީގެ ކުރިން މި މަޤާމަށް އެ މަނިކުފާނު ފޮނުއްވެވި ބައެއް ނަންތައް ވަނީ އެ ކޮމިޝަނުން ވަނީ އަނބުރާ ފޮނުވާލާފައެވެ.

ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވުމަށްޓަކައި އަލްއުސްތާޛު ޢަލީ ރަޝީދުގެ ނަން ޖޭއެސްސީއަށް ފޮނުއްވާފައިވާއިރު އޭނާއަކީ ރައީސް ޔާމިނު ޖަލަށްލުމަށް ހުކުމްކުރި ގާޒީކަން ފާހަގަކޮށްލެވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ކުރިން ހުންނެވި އަޙްމަދު ހައިލަމެވެ.

އެހެން ނަމަވެސް 2019 އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ވައިބާރ ގްރޫޕަކަށް ހައިލަމް ޕޯސްޓު ކުރެއްވި ފޮޓޯއަކާއި ގުޅިގެން ޖޭއެސްސީ އިން ހައިލަމް ވަނީ ވަކިކުރަން ނިންމިއެވެ.

މި ގޮތުން ޖޭއެސްސީން އެ މައްސަލަ ބެލުމަށްފަހު ފަނޑިޔާރު ހައިލަމް ކުރެއްވި ޢަމަލަކީ ފަނޑިޔާރުންގެ ސުލޫކަށް އަސަރު ކުރާކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް ހައިލަމް ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

ހައިލަމް އިސްތިއުފާ ދެއްވުމާއެކު ވަގުތީ ގޮތުން ކްރިިނަލް ކޯޓު ހިންގެވުމާއި އޭރު ހަވާލު ކުރެއްވީ ގާޟީ އަލީ ރަޝީދާއެވެ. މި ގޮތުން ރައީސް ޔާމީންގެ މައްސަލައިގައި ޝަރީޢަތްކުރައްވައި ރައީސް ޔާމިނަށް ޙުކުމް ކުރެއްވީ ގާޟީ އަލީ ރަޝީދެވެ. މިކަމާއި ގުޅިގެން ގާޟީ ޢަލީ ރަޝީދު އިންސާފުގެ ބޭރުން ޙުކުމްކުރެއްވިކަމަށް ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: