ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީގެ އެކްޓިވިސްޓުން ދައުލަތުގެ އެންމެމަތީ ކޯޓަށް ޢައްޔަންކޮށްގެން ޖުޑިޝަރީ އިސްލާހު ކުރެވިދާނެތޯ! : ހައިލަމް

ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަޙްމަދު ޙައިލަމް. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޟީ  ޢަލީ ރަޝީދުގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އަށް ރައީސް ޞާލިޙް ފޮނުއްވެވުމާއި ގުޅިގެން  ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ އަޙްމަދު ހައިލަމް ފާޑު ވިދާޅުވެއްޖެއެވެ.

މި ގޮތުން ބުރާސްފަތިދުވަހުގެރޭ ހައިލަމް ކުރެއްވި ޓްވީޓެއްގައި ވަނީ ‏ގާޟީ ޢަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ޖޭއެސްސީއަށް ލަފާ ހޯދުމަށް ފޮނުވުމަކީ އިޖުރާއަތުގެ ޤާނޫނުގެ 152ވަނަ މާއްދާއާއި ޚިލާފަށް ވަކި މައްސަލައެއް ނަގައިގެން އަވަހަށް ނިންމާލުމުން ލިބުނު ހަދިޔާއެއްތޯ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން އިސްތިއުނާފީ ކޯޓެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ނެތް ބޭފުޅުންނާއި ޕާޓީގެ އެކްޓިވިސްޓުން ދައުލަތުގެ އެންމެމަތީ ކޯޓަށް ޢައްޔަންކޮށްގެން ޖުޑިޝަރީ އިސްލާހު ކުރެވިދާނެކަމާމެދު ވެސް ހައިލަމްވަނީ ސުވާލު އުފައްދަވާފައެވެ.

ގާޟީ ޢަލީ ރަޝީދަކީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ އަޙުމަދު ހައިލަމް މަޤާމުން ވަކިކުރެއްވުމަށްފަހު އެ ކޯޓު ހިންގެވުމާއި ވަގުތީގޮތުން ހަވާލުކުރެއްވި ގާޟީއެވެ.

މި ގޮތުން ކްރިމިނަލް ކޯޓު ހިންގެވުމަށް ގާޟީ ޢަލީ ރަޝީދާއި ހަވާލު ކުރެއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: