ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޖިސްޓްރޭޓް މަޢުޞޫމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމެވީ އިޖުރާއަތުތަކާއި އެއްގޮތަށް: ޖުޑިޝަރީ ކޮމިޓީ

ޖޭއެސްސީން ފޮނުވާފައިވާ ރިޕޯޓު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ދިރާސާކުރުން. ފައިލްފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުން ވަކިކުރައްވަން ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމެވީ އިޖުރާއަތުތަކާއި އެއްގޮތަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުން ވަކިކުރައްވަން ޖޭއެސްސީ ނިންމެވީ އިޖުރާއަތުތަކާއި އެއްގޮތަށްކަމަށް ނިންމާފައިވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުދެއްވި 8 މެމްބަރުންގެ ވޯޓާއެކުގައެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މި ގޮތަށް ނިންމާފައިވާއިރު އެ ކޮމިޓީންވަނީ މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުން ވަކިކުރައްވަން ޖޭއެސްސީ ނިންމިއިރުގައި އެ ކޮމިޝަނުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ފުރިހަމަކޮށްފައިވޭތޯ ބަލާފައެވެ.

މި ގޮތުން ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމާއި ގުޅިގެން އެ މައްސަލަ ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.

މެޖިސްޓްރޭޓް މަޢުޞޫމްގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ އެއްވެސް ތަފާތުކުރުމެއްނެތި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތައް ހިފަހައްޓަން ޖޭއެސްސީއަށް އެހީވުންކަމަށްް ވިދާޅުވެފައެވެ.

މީގެ އިތުރުން  އެއްވެސް ފަނޑިޔާރަކާމެދު ތަފާތު ގޮތެއް ހެއްދެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އިންސާފު ކަށަވަރުކޮށް ދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުން ވަކިކުރައްވަން ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމީ ޖުލައި 21 ގައި ބޭއްވުނު އެ ކޮމިޝަންގެ 51 ވަނަ ބައްދަލުވުމުގައެވެ.

މި ގޮތުން މިކަމާއި ގުޅިގެން ޖުލައި 22 ގައި ޖޭއެސްސީން ވަނީ މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމާއި ގުޅޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދިޔަ މައްސަލަތަކުގެތެރެއިން ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއެއްގެ ނިންމުމުގައި އިސް މެޖިސްޓްރޭޓް މަޢުޞޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވާފައިވާ ކަމަށް ބުނެފައެވެ.

އޭގެ އިތުރުން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުޢާމަލާތްތައް ކޮށްފައިވާކަން ސާބިތުވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.

ހަމައެއާއެކު މެޖިސްޓްރޭޓް މަޢުޞޫމަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން އޭނާގެ ބޭންކު އެކައުންޓުގައިވާ ގިނަ ޢަދަދެއްގެ ފައިސާއަކީ ނާޖާއިޒު ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ވަޒީފާގެ މާހައުލާއި އެކަށީގެން ނުވާފަދަ ގޮތަކަށް މެޖިސްޓްރޭޓް މަޢުޞޫމް އަމަލުކޮށްފައިވާ ކަމަށާއި އެކަށީގެން ނުވާފަދަ ބަހުރުވައަކުން މުވައްޒަފަކާމެދު ހިތާފައިވާކަމަށާއި އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ ޢަމަލުތަކެއްކަމަށް ވެސް ބުނެފައިވެއެވެ.

މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުން ވަކިކުރައްވަން ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާއިރު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި މަޤާމުން ވަކިކުރަން ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: