ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމެއްގެ ވެރިކަން އެއްފަހަރާ ދެ މީހަކަށް ނުކުރެވޭނެ، ނިކުންނަ ނަތީޖާ ގޯސްވެދާނެ: ރޮޒެއިނާ

އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއްގެ ވެރިކަން އެއްފަހަރާ ދެ މީހުންނަށް ނުކުރެވޭނެ ކަމަށާއި އެގޮތަށް އެކަން ކުރަން އުޅެފިނަމަ ނިކުންނާނެ ނަތީޖާ ގޯސްވާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ރައްދު ކުރުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ނުސީދާ ފާޑުކިޔުންތައް އަމާޒުކުރުން ވަނީ އާއްމުވެފައެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި އެއް މެމްބަރަކު ފާޅު ކުރާ ހިޔާލަކަށް އަނެއް މެމްބަރު ދެ ބަސްވެ އެޔަށް ރައްދު ދިނުމާއި އަދި އެހެން މެމްބަރުން ވެސް މެމްބަރުންގެ މެދުގައި ބަދަލުކުރާ ބަސްތަކަށް، ރައްދު ދިނުން ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންވި ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، މީޑިއާތަކުގައި ފެންމަތިވެފައިވާ ގޮތުން މައްސަލަ މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް އުޅުއްވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އެވެ. ފައްޔާޒްގެ މައްސަލައެއް މަޖިލީހަށް ވައްދަންވީ ސަބަބެއް ސާފެއް ނުވާއިރު، އިކޮނޮމިކް މިނިސްޓްރީއަކީ މި ސަރުކާރު އުފެދުނުފަހުން އެންމެ ބޮޑު ތަފާތެއް ދައްކާފައިވާ އަދި އެ މަސައްކަތްތަކުގެ އަމަލީ ސިފަ ވެސް ދެއްކި މިނިސްޓްރީއެވެ. އެގޮތުން ޒަމާނުއްސުރެ ރާއްޖޭގައި ހައްލު ނުވެ އޮތް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ފައްޔާޒްގެ އިސްނެގުމެކެވެ.

ސަރުކާރުގެ މިނިސްޓަރުންގެ މަގާމުގައި މިހާތަނަށް މާބޮޑު ޕާފޯމަސްއެއް ދެއްކިފައި ނުވާ ބައެއް ވަޒީރުން ވެސް އެބަތިއްބެވެ. އަދި އެކި ރައްޔިތުންގެ ފާޑުކިޔުންތަކާއި އެކު އެކި ތުހުމަތުތަކެއް ކުރެވޭ ވަޒީރުން ވެސް އެބަތިއްބެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި، ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް އާއި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނެއެވެ.

ސޯޝަލް މީޑިއާގައި އެކި މެމްބަރުން ފައްޔާޒުގެ ދިފާއުގައި ވާހަކަ ދައްކަވާއިރު އޭގެ ތެރޭގައި ޕީޖީ ގްރޫޕްގެ ފާހަގަކޮށްލެވޭ މެމްބަރުން ވެސް ހިމެނެއެވެ.

ސަރުކާރާއި ރައީސް ސޯލިހްގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަ ދައްކަވާ އެއް ފަރާތަކީ މެމްބަރު ރޮޒެއިނާއެވެ. ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން ދީފައިވަނީ ޖެއްސުން ކުރާކަށް ނޫން ކަމަށާއި، އަދި އެކަމުގެ އެންމެ ކުރީގައި އުޅެނީ މީގެ ކުރިން ޑީއާރުޕީއިން އެމްޑީޕީއަށް ދިޔަ މެމްބަރުންކަމަށް ގިނަ ބަޔަކު ބުނެއެވެ. 

https://twitter.com/Roxeyna/status/1293811651926355968

ރޮޒެއިނާ ވިދާޅުވީ، ޕާޓީ ފުނޑާލާ އެއްވެސް ބަޔަކަށް ޖެއްސުން ކުރާކަށް ނޫޅޭ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ، އެމްޑީޕީއަކީ ވަކި އާއިލާއެއްގެ ޕާޓީއެއް ނޫން ކަމަށެވެ. އެހެން ކަމުން ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް ލިބިގެންވާ ހައްގުތަކެއް ވާ ކަމަށާއި، ބަޔަކު ކިތަންމެ ރުޅިއައިސް ނުރުހުނަސް ހައްގުތަކުގެ ބޭނުން ކުރާނެ ކަމަށެވެ. ޕާޓީގެ އަސާސީ ގަވައިދެއް ވެސް އޮތްއިރު، އެ ގަވައިދުގައި ވަރަށް ސާފުކޮށް ޕާޓީގެ ހިންގުމުގެ އުސޫލު ބަޔާންކޮށްފައިވާކަން ފާހަގަކޮށް ރޮޒެއިނާ ވިދާޅުވީ ޕާޓީގެ ގަވައިދުގެ ދަށުން ޕީޖީއިން އަމަލު ކުރަންޖެހޭ ގޮތް ވެސް ވަރަށް ސާފު ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ އޭނާއަކީ ވަކި މީހަކު ބުނާހާ ގޮތަކަށް މަސައްކަތްކޮށް، ރައްޔިތުންނަށް ގެއްލުންވާނެ ގޮތަކަށް މަސައްކަތް ކުރާނެ މީހެއް ނޫން ކަމަށެވެ. އަދި އެކަން ބަޔަކަށް ބަލައިނުގަނެވުނަސް އޭނާގެ މައްސަލައެއް ނެތް ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ޑީއާރުޕީ ފެކްޝަނެއް އޮންނަކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި ރޮޒެއިނާ ވިދާޅުވީ ފާއިތުވީ ހަތް އަހަރުގެ ތެރޭގައި އެމްޑީޕީ ކުރިއަރުވަން ކުރެވުނު ކޮންމެ މަސައްކަތެއްކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު ވެސް ކުރަމުންދަނީ އެ މަސައްކަތް ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެރިކަން ހަވާލު ކުރީ އުނދަގުލަކާ ނުލައި މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: