ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ރިޒާވް 152 މިލިއަން ޑޮލަރަށް: މިއީ ފަހުގެ ތާރީހެއްގައި އެންމެ ދަށަށް ދިޔަ ފަހަރު!

ދިވެހި ރާއްޖޭގެ އިގްތިސޯދަށް މި އަހަރުގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ: ފޮޓޯ/ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް 152 މިލިއަން ޑޮލަރަށް ވެއްޓި، ފާއިތުވީ ފަސް އަހަރުގެ ތެރޭގައި ވެސް ދަށްނުވާ ވަރަށް ރިޒާވް ދަށަށް ގޮސްފިއެވެ.

ރާއްޖޭގެ އިގްތިސޯދާއި ގުޅޭގޮތުން އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބޭނުންޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 152 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް މިއަހަރުގެ މޭއި މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި 200 މިލިއަން ޑޮލަރު ހުއްޓެވެ.

ޖުމްލަ ރިޒާވްގެ ގޮތުގައި މޭއި މަހު 836.9 މިލިއަން ޑޮލަރު ހުރި ނަމަވެސް އަހަރުގެ މެދާއި ހަމައަށް ދިޔައިރު އެ އަދަދު ހުރީ 702 މިލިއަން ޑޮލަރުގައެވެ. ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި އަސަރުތަކެއްކޮށް ރިޒާވަށް އަސަރު ކުރާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

މީގެ އިތުރުން ބޭނުން ކުރެވޭ ރިޒާވް 750 މިލިއަން ޑޮލަރަށް ދައްވެގެން ދިޔައިރު، މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ރިޒާވަށް އެންމެ ބޮޑު އަސަރެއް ކުރި ފަހަރެވެ. މިއީ ފާއިތުވީ ފަސް އަހަރުގެ ތެރޭގައި ވެސް ދަށަށް ނުދާ މިންވަރެއްކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އެމްއެމްއޭގެ ރިކޯޑުތައް ދައްކާގޮތުގައި 2019 ވަނަ އަހަރު ނިމުނު އިރު ރިޒާވްގައި 315 މިލިއަން ޑޮލަރު ހުއްޓެވެ. އަދި 2018 ވަނަ އަހަރު ނިމުނު އިރު 281 މިލިއަން ޑޮލަރު ހުރިއިރު، 2017 ގައި 207 މިލިއަން ޑޮލަރު، އަދި 2016 ގައި 200 މިލިއަން ޑޮލަރު، އޭގެ އިތުރުން 2015 ވަނަ އަހަރު 199.5 މިލިއަން ޑޮލަރު ރިޒާވްގައި ހުއްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: