ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ އިތުބާރުނެތްކަމަށް ބުނަނީ ވައްކަމަށް ތާއީދުނުކުރާތީ!

އިބްރާހިމް ރަޝީދު ބޮންޑަ، ރައީސް ނަޝީދު ރިޔާސަތާއި ހަވާލުވެވަޑައިގެންނެވި ދުވަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.. ފޮޓޯ:ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނުވަތަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ދުރުކުރުމަށް، އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ބަޔަކު މަސައްކަތްކުރަނީ އެމަނިކްފާނު ވައްކަމަށް ތާއީދުނުކުރައްވާތީކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. 

މެމްބަރު އިބްރާހިމް ރަޝީދު މިފަދައިން ވިދާޅުވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކަށް ތައްޔާރުވަމުންދާކަމަށް މީޑިއާގައި ރިޕޯޓްކުރެވިފައިވާ ބައެއް ވާހަކަތަކާއި ގުޅިގެން ސަންގާއި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް މުހައްމަދު ނަޝީދާއެކު އެމްޑީޕީގައި ޒަމާންވީ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލިސްތެރެއިންނާއި ޕާޓީގެ އެތެރޭގެ ގުނަންތަކުން ނެގުމަށް “ބައެއް ވަޒީރުން” މީގެކުރިންވެސް މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ތައްޔާރުކުރަން އެއްވެސް ފަރާތަކުން ހިތަށްވެސް ނޭރުވުމަށާއި، އެކަން ޖެހޭނީ ހަނދާން ނައްތާލަން ކަމަށް މެމްބަރު ވިދާޅުވިއެވެ.

މިމަސައްކަތް މިމަގުން ހިނގާކަމުގެ ސައްހަ މައުލޫމާތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންވާކަމަށް ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

“ބައެއް ވަޒީރުން”ގެ ނަން ހާމަނުކުރައްވާ މެމްބަރު ވިދާޅުވީ މި ވަޒީރުން ގައުމީ މަޖިލިސް މެމްބަރުންނާއި އެކި ފަހަރުމަތިން ވާހަކަދައްކާ އެމްޑީޕީގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ދުރުކުރުމަށް މަޝްވަރާތަކެއް ބަދަލުކުރެއްވިކަމަށެވެ. އަދި އެމްޑީޕީ ގައުމީ މަޖިލިސް މެމްބަރުންނަށް ސަރުކާރުގެ ވަޒީފާތަކާއި މަގާމްތައް ހަމަޖައްސަވައިގެންވެސް މިއަދާއިހަމައަށް އެކަން ކާމިޔާބުވާގޮތް ވެފައި ނެތްކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައީސް ނަޝީދު ސިޔާސީ ހަރަކާތަށް ނުކުންނެވީ އިއްޔެއެއް މިއަދަކު ނޫން. ރައީސް ނަޝީދު އިސްލާހީ މަސައްކަތް ފައްޓަވާ އެއަށްފަހު އެމްޑީޕީ އުފައްދަވާ ސިޔާސީ ހަރަކާތުގައި އުޅުއްވާތާ އެތައް އަހަރެއް ވެއްޖެ. އެތައް ފަހަރަކު އެތަކެއް އަހަރު ވަންދެން ޖަލުގައި އޮވެފި، އަނިޔާ ލިބިއްޖެ. މިދަންނަވާ ހިތާ ހިތުގެ ގުޅުމަކީ މިދެންނެވި ކޮންމެ ފަހަރެއްގައި ރައީސް ނަޝީދު ޖަލަށް ގެންދެވީމާ ރައްޔިތުން އެމަނިކްފާނުގެ ހާލުބަލާ، މިނިވަންވެވަޑައިގެން އެމަނިކްފާނު ރައްޔިތުންގެ ހާލު ގާތުން ބަލާ ބެލުމުން އުފެދުނު އެއްޗެއް. ބޯވަތަކެއްހެން ކުއްލިއަކަށްފާވެ، އެމްޑީޕީއާއި ރައީސް ނަޝީދާއި، ރައީސް ނަޝީދާއި ޖައްސުވަން އުޅޭ އުޅުން އަޅުގަނޑު ދަންނަވާނީ ހަނދާން ނައްތާލާށޭ. އެމްޑީޕީ މެމްބަރުންގެ، ދިވެހި ރައްޔިތުންގެ އިތުބާރު ރައީސް ނަޝީދަށް އަބަދުވެސް އޮންނާނެ: މެމްބަރު އިބްރާހިމް ރަޝީދު

އެމްޑީޕީ އެތެރެއިން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަަށް ކުރަން އުޅުނު މަސައްކަތް ފެއިލްވުމުން ފަހުން ދިމާކުރީ ރައްޔިތުންގެ މަޖިލިސް ތެރެއިން ރިޔާސަތުން ރައީސް ނަޝީދު ދުރުކުރުމަށްކަމަށެވެ. އެމަސައްކަތުގައި މިދިޔަ މަހެއްހާ ދުވަސް މަސައްކަތްކުރިކަމަށް މެމްބަރު އިބްރާހިމް ރަޝީދު ފާހަގަކުރެއްވިއެވެ. 

މެމްބަރު އިބްރާހިމް ރަޝީދު ތުހުމަތުކުރައްވާގޮތުގައި “ބައެއް ވަޒީރުން” ރައީސް ނަޝީދާއި ދެކޮޅަށް މަސައްކަތް ފެއްޓެވުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުތެރޭގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތެވެ. ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ގެނެސް ކަންކަމާއި ސުވާލުކުރައްވާ، ޖަވާބްދާރީކުރުވުމަށް ކުރައްވާ މަސައްކަތެވެ. 

ރައީސް ނަޝީދު ވައްކަމެއް ނުކުރައްވާނެ، އެފަދަ ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ، ތާރީހަށް ބެލީމާ އެކަން ސާފުވާނެ. މިހާރު މިޖެހިގެން އުޅޭ މައްސަލައަކީ ބައެއް ވަޒީރުން، ސަރުކާރުގެ އެހެން އިސް ފަރާތްތައް ހިމެނޭގޮތަށް ބޭނުންވަނީ ިކާން، ދައުލަތް ލޫޓުވަން. އެކަހަލަ ކިރިޔާ ޝައްކެއް އޮތަސް މަޖިލީހަށް ގެނެސް ރައީސް ނަޝީދު އެބަ ސުވާލުކުރައްވާ. ދައުލަތް ލޫޓުވަން ރައީސް ނަޝީދު ޖާގައެއް ފުރުސަތެއް ނުދެއްވާނެ. ވައްކަން ކުރަން މިމީހުންނަށް ވަރަށް ދަތިވޭ ރައީސް ނަޝީދާއިހުރެ. އެހެންވީމާ މިމީހުންނަށް ފެންނަ ހައްލަކީ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ބޭރުކުރުން: މެމްބަރު އިބްރާހިމް ރަޝީދު

ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، 65 މެމްބަރުންގެ ސުޕަ މެޖޯރިޓީއާ އެކު މަޖިލީހުގައި އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބާރެވެ. 

އިދިކޮޅު ޕާޓީއެއްގެ ދައުރު މާބޮޑަށް ފެންނަން ނެތް އިރު، މިއަދު ފެންނަނީ އެމްޑީޕީ ތެރެއިން އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރުވެސް އަދާކުރާތަނެވެ. މިގޮތުން އަމިއްލަ ޕާޓީގެ ވަޒީރުންނާއި، އަމިއްލަ ޕާޓީގެ ރައީސް ރިޔާސަތުން ދުރުކުރުމުގެ މަސައްކަތް ކުރައްވަނީވެސް އެމްޑީޕީގެ އެތެރެއިންނެވެ. 

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރަސްމީ ސިފައެއްގައި ފެންނާން ނެތްނަމަވެސް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވިއްސަށްވުރެ ގިނަ މެމްބަރުންވަނީ ސޮއިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: