ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގާމުގެ ނުފޫޒުގެ ތުހުމަތާއި އެކު މުނައްވަރާއި، ޖިހާދުގެ މައްޗަށް ދައުވާކުރަނީ!

ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރުގެ މައްޗަށް ދައުވާ ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތް ރިސޯޓެއް ޖޮއިންޓް ވެންޗާގެ ގޮތުގައި ދިން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދެ ފިނޭންސް މިނިސްޓަރުންނަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވަނީ، ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ 7 އެއްބަސްވުމެއްގައި، އެ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް “ޕުޓް-ރައިޓް އޮޕްޝަން” ހިމަނާފައިވާކަމަށް ބުނެ މައްސަލައެއް ހުށަހެޅުނު ކަމަށެވެ.

މައްސަލަ ތަހުގީގުކޮށް ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕީޖީގެ އޮފީހަށް ހުށަހަޅާފައިވާކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ ކުރީގެ ފިނޭންސް މިނިޓަރު ޢަބްދުﷲ ޖިހާދުއާއި، ކުރީގެ ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޟިރާރު އަދި މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު މުނައްވަރުގެ މައްޗަށެވެ.

ތިން ބޭފުޅުންގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދިފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާއި، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫންގޮތަކަށް ޢަމަލުކުރުމުގެ ދައުވާ އަދި ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ޤާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދައުވާ އެވެ. އަދި ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ މައުލޫމާތުތައް ހިއްސާކޮށް އޭސީސީން ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީއިން ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ 07 ރަށަކީ ބ.ތިލަދޫ އާއި ށ.ހުރަސްފަރާއި، ށ.ނާއިންފަރާއި، ރ.ފަސްމެންދޫ އަދި ކ.އެނބޫދޫ ފިނޮޅުގެ  ކ.ކޮއްދިއްޕަރުފަޅު ނުވަތަ ދިއްދޫފިނޮޅުގެ އިތުރުން އަމީންގިރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: